ނިތްކުރިއަށް ރުލެއް އަރުވައިނުލާ ދޮގުހަދަން ފަރިތަވުމަކީ މޮޅުކަމެއް ނޫނެވެ.

މިލައުތުރު | 26 ޖުލައި 2026 | ރިޕޯޓު

ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު ދޮގުހެދުމަށް އެންމެ ފަރިތަ ސަރުކާރަކީ މިހާރުގެ ސަރުކާރު ކަމުގައި ދެންނެވުމަކީ 100% ދޮގަކަށް ނުވާނެއެވެ.

ސަރުކާރުގައި ތެދަށް ވުރެ ދޮގު ގިނަވެގެން މިއުޅެނީ އެންމެ މަތިން ވެސް ދޮގު ހަދާތީ ކަމަށް އަބަދުވެސް ތުހުމަތު ކުރެވެއެވެ. ކުރާނަމޭ ބުނިކަމެއް ނުކުރުމާއި، ނުކުރާނަމޭ ބުނެފި ކަމެއް ކުރުމަކީ މިހާރު ދެން އާދައަކަށް ވެއްޖޭ ވެސް ބުނެވިދާނެ އެވެ. އެންމެ ބޮޑަށް މިނިވަންކަން ދީގެން ހިންގާ ސަރުކާރުކަމަށް ބުނިއިރު، މިނިވަންކަން ދޭންޖެހެނީ އެތި އެތިކޮޅުންތޯ ސުވާލު ކޮށްލަން ޖެހެއެވެ.

Advertisement

ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމެއް ނެތެވެ. މީޑިޔާތަކަށް އޮތް މިނިވަންކަން ޤާނޫނުތަކަށް ބަދަލު ގެނެސްގެން ނެތިކޮށްލައިފި އެވެ. ވެފައިހުރި ވަޢުދުތަކުން ފަސް އިންސައްތަ ވެސް އަދި އަދާކުރެވިފައެއް ނެތެވެ. ދައުރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމަށް ވެފައިވާ ވަޢުދުތައް ފުއްދާނެކަމުގައި ބުންޏަސް، ތަޅާލާފައިހުރި މިސްކިތްތަކަށް ބެލުމުން އެއީ ވެސް ބުހުތާނެއް ކަމުގައި ބެލިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.