ރިޔާސީ އިންތިޚާބު-2023 އަށް ކުރެއްވި ކެމްޕެއިންގައި ރެކޯޑު އަދަދަކަށް ވެވަޑައިގެންނެވި ވައުދުފުޅު ކަމުގައިވާ އެއްވެސް މުވައްޒަކަފު ވަކިނުކުރުމަށްވީ ވައުދާއި އަހުދު އުވާލައި މުވައްޒަފުން ވަކިކުރައްވަމުން ގެންދަވާތީ، މީީހުންގެ ޖަޒުބާތުތައް އުތުރި އަރަން ފަށައިފި އެވެ.
ޚުދު އެމަނިކުފާނު ވިދާޅުވި ގޮތުގައި، މުވައްޒަފުން ވަކިނުކުރައްވާނެކަމުގެ ވައުދުުފުޅު 200 އަށް ވުރެ ގިނަ ފަހަރު ފަށްފަށް ކުރެއްވިއެވެ. އަދި އެއީ މިދިޔަ ރިޔާސީ ރޭހުގައި އެންމެ ގިނަ ފަހަރަށް ވެވަޑައިގެންނެވި ވައުދުކަމުގައި ވަނީ ރެކޯޑު ކުރެވިފައެވެ.
ދެވަނައަށް އެންމެ ގިނައިން ތަކުރާރު ކުރެއްވި އަނެއް ވައުދުފުޅަކީ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހުއްޓައިނުލާ ކުރިއަށް ގެންދިއުމަށް ވެވަޑައިގެންނެވި ވައުދުފުޅެވެ. ނަމަވެސް، ރަށް ރަށުގައި ފަށާފައިހުރި މުހިންމު އުމްރާނީ މަސައްކަތްތައް ހުއްޓި، އެތަންތަން ދަނީ ވީރާނާ ވަމުންނެވެ. އެހެންކަމުން ރައީސް ފުއްދަވާނީ ކޮން ވައުދުފުޅެއްތޯ ނޫންތޯ ބަޔާންކުރުމަކީ މިހާރު އުނދަގޫ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު