ފެނަކައިގެ ވެރިން ބައްދަލުކޮށް ހުށަހެޅުންތަކަށް އެއްބަސްވުމުން ފޯކައިދޫ މުޒާހަރާ މެދުކަނޑާލައިިފި.

މިލައުތުރު | 31 އޮގަސްޓު 2026 | ޚަބަރު
މާހިދު އާއި އަހުސަން މުޒާހަރާގެ ބައިވެރިންނާ ބައްދަލުކުރަނީ.

އެއްވެސް ކުށެއްނެތް 14 މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން ރެއިން ފެށިގެން ފޯކައިދޫގައި ކުރަމުން ގެންދިޔަ މުޒާހަރާ މެދުކަނޑާލައިފި އެވެ.

މުޒާހަރާގެ ބައިވެރިންގެ ގޮވާލުމަށް އެންމެ ފަހުން ފޯކައިދޫ ފެނަކައިގެ އިސްވެރިން އިޖާބަދީ، އެމީހުންނާ ބައްދަލުކޮށް، އެމީހުންގެ ހުށަހެޅުންތަކަށް އެއްބަސްވުމުން މުޒާހަރާ ހުއްޓާލައިފި އެވެ.

Advertisement

އެއްބަސްވީ ކަންކަމުގެ ތަފްޞީލް ހާމަނުކޮށްފައިނުވި ނަމަވެސް، ވަޒީފާތަކުގެ މައްސަލައިގެ ފުރިހަމަ މަޢުލޫމާތު އެމީހުންނާ ޙިއްސާކުރުމަށާއި، ދެވެންއޮތް އެންމެ ބޮޑު ލުޔެއް ދިނުމަށް ވަނީ އެއްބަސްވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިލައުތުރުގެ ނޫސްވެރިން ގެންދަނީ ފޯކައިދޫގައި ހަރަކާތްތެރިވަމުންނެވެ.

އިތުރު ތަފްޞީލް އަންނަނީ…

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.