ށ. ކޮމަންޑޫ ފެނަކައިން 9 މުވައްޒަފުން މިއަދު ވަކިކޮށްފި އެވެ. މި އެންމެންނަކީ ވެސް ކޮމަންޑޫ ފެނަކަ ބްރާންޗްގައި މަސައްކަތްކުރި ދާއިމީ މުވައްޒަފުންނެވެ.
މުވައްޒަފުން ވަކިކުރުމުން އެކަމުގެ ކަންބޮޑުވުން ހިއްސާކުރުމަށް ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރަށް ގުޅާލުމުން ވިދާޅުވާކަމަށް ވަނީ، އެއްގޮތަކަށް ވެސް އެނގިނުލައްވާ ކަމަށާއި، ނިދިޖެހިލި ވަގުތެއްގައި ކޮށްފައިއޮތް ކަމެއް ކަމަށެވެ. އަދި އެކަމާ ވަރަށް ހިތާމަކުރައްވާ ކަަމަށާއި، ރަނގަޅު ގޮތެއް ފެނޭތޯ ހުރިހާ ކުދިންވެސް ދުއާ ކުރާށެވެ.
ކޮމަންޑޫ ފެނަކައިން މިއަދު 9 މީހުން ވަޒީފާއިން ވަކިކުރި އިރު، ކޮންޓްރެކް އުޞޫލުން މިސަރުކާރުން ނެރެފައިތިބި 11 މީހުން އެބަ ތިއްބެވެ. އަދި އެއްވެސް މަސައްކަތެއްނުކޮށް ފިންގާ ޖަހާލާފައި ގޭގައި އުޅޭ އެސިސްޓެންޓް މެނޭޖަރެއް ވެސް އުޅޭ ކަމަށާއި، އެއީ ވަރަށް އުފޫޒު ގަދަ މީހެއް ކަމަށާއި، ފެނަކައިގާ ގިނައީ އޭނާގެ އާއިލާއަށް ނިސްބަތްވާ މީހުން ކަމަށެވެ.
ކޮމަންޑޫ އިން ވާހަކަދެއްކި މީހަކު ކިޔައިދިން ގޮތުގައި، ކޮމަންޑޫ ފެނަކައިގާ ވަޒީފާގެ ކަންތައް ދަނީ ވަރަށް ވެސް ބޭއިންސާފުވެރިކޮށް ކަމަށެވެ. ވަޒީފާއެއް ލިބެނީ ވަކި އާއިލާއެއްގެ މީހުންނަށް އެކަނި ކަމަށާއި، އެހެން ބަޔަކަށް ފުރުޞަތެއް ނެތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު