މިހާރަކަށް އައިސް ޓިކްޓޮކްގައި އެންމެ ނަން ހިނގާ އެއް ތަރި އަކީ ޢަލީ އަމްޖަދު (އަމްޖޭ) އެވެ. ޓިކްޓޮކް އަމްޖޭ އަކީ ށ. ފޯކައިދޫ އަށް އުފަން މީހެކެވެ. އޭނާ މަޝްހޫރު ވެފައި ވަނީ މުއްސަނދިކަމާއި، ތަނަވަސް ކަމާއި، ބާރު ގަދަ ކަމާއި، ކާމިޔާބު ފިރިހެނެއްގެ ގޮތުގައެވެ. އޭނާ އަކީ ސަފާރީ ބޯޓުތަކާއި، މުދާ އުފުލާ ބޯޓުފަހަރާއި، ކަންނެލި ދޯނިފަހަރާއި، ގެސްޓް ހައުސްތައް ގެންގުޅޭ މީހެކެވެ. މިލިޔަނުން ފައިސާ އެކައުންޓް ގައި ހުރި ހަމަ އެކަނި ދިވެހި ޓިކްޓޮކް ދަރިއެވެ. އަދި ހަމަ އެހެންމެ ޒުވާން އަންހެން ކުދިންގެ ހިތުގެ ޖާދޫއެވެ.
ޒުވާން އަމްޖޭ އަކީ މިހާތަނަށް އެންމެ ގިނަ އަންހެން ކުދިންނާއި ރައްޓެހި ވުމުގެ ރެކޯޑު އޮތް މީހާއެވެ. އެގޮތުން މިހާތަނަށް 750 އަންހެން ކުދިންނާއި ރައްޓެހިވެފައި ވެއެވެ. އެއީ އޭނާއަށް ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ފާހަގަ ކުރެއެވެ. އަދި ދުނިޔޭގައި ބޭނުންވާނީ ފައިސާ އާއި އަންހެން ކުދިން ކަމަށް އަމްޖޭ އަބަދުވެސް ވަކާލާތު ކުރެއެވެ. ބައެއް ލައިވްތަކުގައި އަމްޖޭގެ ދިވެހި ފައިސާ އެކައުންޓާއި، ޑޮލަރު އެކައުންޓް ބެލެންސް ދައްކާލާފައި ވެއެވެ. މިއީ ޢާންމުކޮށް އެހެން އެއްވެސް ޓިކްޓޮކް ތަރިއެއް ކުރާ ކަމެއް ނޫނެވެ. އެއީ އަންހެން ކުދިން އެހާ ގަޔާވާ ސަބަބެއް ކަމުގައި ވެދާނެއެވެ.
ޓިކްޓޮކް އަމްޖޭ އަކީ އާދައިގެ މީހެއް ނޫނެވެ. އޭނާ އަކީ ވަރަށް ބިރު ކުޑަ ހިތްވަރު ގަދަ މީހެކެވެ. މިހާތަނަށް އޭނާ އާއި ދިމާކޮށްލި ކޮންމެ މީހެއް ވަނީ ސައިޒްކޮށްލާފައެވެ. އަދި ދެވަނަ ފަހަރަކަށް އޭނާ އާއި ގާތް ވާން ނުކެރޭ ވަރު ކޮށްލާފައެވެ. ޓިކްޓޮކް ލައިވްތަކުގައި މީހުން ރަކިކޮށް ކުޑަ ކޮށްލުމުގައި އަމްޖޭ އަކީ ރާއްޖޭގެ އެއް ވަނަ އެވެ.
މަލާމާތާއި ފުރައްސާ ކުރާ ފަރާތްތަކަށް އަމްޖޭގެ ރައްދަކީ އެމީހުން ކިތަންމެ ވަރަކަށް ދިމާކުރިޔަސް އަމްޖޭ އާއި ހިސާބަށް އައުމަށް އަދި 100 އަހަރު ނަގާނެ ކަމަށެވެ. ވީމާ އެއީ އެއްވެސް މީހަކަށް ވާނެ ކަމެއް ނޫނެވެ. އަމްޖޭ އަކީ ފިސާރި ފިރިހެނެކެވެ. ނުކުޅެވޭނެ، ނުތޮޅެވޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު