އުސްތާޛް ޒަކީ

ބޮޑު އީދު ފޯރި އެންމެ ގަދައީ އައްޑޫ ސިޓީ މަރަދޫގައި!

މުޅި ރާއްޖޭގައި ވެސް ބޮޑު އީދުގެ ކުޅިވަރު ފޯރީގެ އަޑުތައް ގުގުމާލާފައި އޮތް އިރު، އެންމެ ފޯރި ގަދައީ އައްޑޫ މަރަދޫގައި ކަމަށް މަޢުލޫމާތު ލިބެއެވެ. މުޅި ރަށް އޮތީ އުފަލުން ފޮޅިފައެވެ. އެއްވެސް އުމުރު ފުރައެއް ބާކީ ނުވާނެގޮތަށް ޙަރަކާތްތައް ވަނީ ރޭވިފައެވެ.

އައްޑޫ އީދި ސަމާ 1445 އަށް މަރަދޫ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ދުރާލާ ފަންޑް ހޯދުމުގެ ޙަރަކާތްތަކެއް އިންތިޒާމްކޮށްގެން ބަޖެޓު ހޯދުމަށް ފަހު ފެށި ޢީދު ކުޅިވަރުތައް ފެށިގެން ކުރިއަށް ދަނީއެވެ.

މުޅި ރަށުގެ ކުދި ބޮޑު އެންމެހާ ފަރާތްތަކަށް ޢީދު ދުވަހު ވަނީ އީދުސައި ޙަފުލާއެއް ބާއްވާފައެވެ. އަދި ކުޑަކުދިންގެ ހަވީރާ، މަސްރޭހާއި، ވާދެމުމުގެ މުބާރާތާއި، އެހެނިހެން ތަފާތު ކުޅިވަރުތައް ބާއްވައިފިއެވެ.

މަރަދޫ އީދު ސަމާ ފޯރި އަދިވެސް އޮތީ ހަމަ ކުރިއަށެވެ. މިއަދާ މާދަމާ ވެސް ވަރަށް ގިނަ ޙަރަކާތްތަކެއް އޮންނާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. މިއަހަރުގެ އައްޑޫ އީދި ސަމާ ޙަރަކާތްތައް ބަލައިލުމަށްޓަަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މަރަދޫއަށް ގިނަ ބަޔަކު ގޮސްފައި ވެއެވެ.

One Reply to “ބޮޑު އީދު ފޯރި އެންމެ ގަދައީ އައްޑޫ ސިޓީ މަރަދޫގައި!”

  1. Ahmed Wafir

    Thibunaavarah foariyaaeku kamehkuraathaneh nufeney bayakah kohmefadha vaahakaehves dhehkidhaane

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި