މިހާރު ކުރިއަށްދާ ޔޫރަޕްގެ އެންމެ ބޮޑު ކުޅިވަރު މުބާރާތްކަމުގައިވާ ޔޫރޯ ކަޕް 2024 ގައި މުޅި މުބާރާތައް ނުލިބޭ ސަމާލުކަން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބެއެވެ. އެހެންކަމުން ވަރަށް ގިނަ ބައެއްގެ ނުރުހުން ވެސް އޭނާއަށް އަމާޒުވެއެވެ. ބައެއް މީހުންނަށް އޭނާ މުސްކުޅިއެވެ. އަނެއް ބަޔަކަށް އޭނާ އަމިއްލައެދުން ބޮޑެވެ. އަނެއް ބަޔަކަށް އޭނާ އަކީ ސުމެއްގެ މީހެކެވެ. އެހެން ނަމަވެސް ޙަޤީޤަތަކީ އަދި އެޔެއް ނޫނެވެ.
ރޭގެ މެޗްގައި ވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ރޮނާލްޑޯއަށް ލިބި ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އަދި މުޅި މުބާރާތުގެ ގްރޫޕް ސްޓޭޖް ނިމިގެންދިޔަ އިރުވެސް ގޯލެއް ކާމިޔާބެއް ނުކުރެވެއެވެ. އެހެންކަމުން އޭނާއަށް ގިނަ ބަޔަކު ފާޑުކިޔައެވެ. އެހެނަސް ރޭގައި ވެސް ޓީމުގެ އެހެން ކުޅުންތެރިއަކަަށް ވެސް ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ. އެއީ ނަސީބުކަމުގައި ވީހިނދު، ކްރިސްޓިއާނޯ ރޮނާލްޑޯއަށް ނަސީބުގެ ތަންކޮޅެއް ނާދެއެވެ.
ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ނޮކް އައުޓް ސްޓޭޖްގައި ރޭގައި ޕޯޗުގަލް އާއި ސްލޮވޭނިޔާ ބައްދަލުކުރި މެޗްގެ ވަގުތު ހަމަވި އިރު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވޭގޮތް ނުވުމުން އިތުރު ގަޑީގެ ދެހާފު ކުޅުމުން ވެސް ނަތީޖާއަށް ބަދަލެއް އައިސްފައި ނުވާތީ ޕެނަލްޓީ ޖަހަންޖެހުނެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި މޮޅުވީ ފޯޗުގަލްއެވެ.
އިތުރު ވަގުތުގެ ތެރޭގައި ޕޯޗުގަލްއަށް ފެނަލްޓީއެއް ލިބި ކްރިސްޓިއާނޯއަށް ގޯލަށް ވައްދާލެވޭގޮތެއް ނުވިއެވެ. އެކަމާ ދެރަވެގެން ކްރިސްޓިއާނޯއަށް ރޮވޭތަން މީޑިޔާތަކުން ފެނިގެންދިޔައެވެ. އަދި ޕޯޗުގަލްގެ ސަޕޯޓަރުންގެ ފަރާތުން މާފަށް އެދޭތަން ވެސް ފަށް ފަށްކޮށް ދެއްވިއެވެ. އެހެން ނަމަވެސް ފެނަލްޓީ ޝޫޓްއައުޓްގައި ފުރަތަމަ ޕެނަލްޓީ ނެތީ އޭނާއެވެ. އަދި ކާމިޔާބުކޮށް ޓީމަށް އުންމީދު އާކޮށްދިނެވެ.
އާދަޔާ ޚިޔާފު މޮޅު ސޭވްތަކާއެކު ސްލޮވޭނިޔާ އިން ޖެހި ތިން ޕެނަލްޓީ ވެސް ޕޯޗުގަލްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އެހެންކަމުން ޕޯޗުގަލް ގަދަ ހަތަރަކަށް ގެންގޮސްދިނީ ޕޯޗުގަލްގެ ގޯލްކީޕަރުކަމަށް ވަނީ ވެފައެވެ. ޙަޤީޤަތުގައި ވެސް ރޭގައި އޭނާގެ ފަރާތުން ފެނިގެންދިޔައީ އާދަޔާ ޚިލާފު މޮޅު ކުޅުމެކެވެ. އަދި ހަމަ އެހެންމެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް މަލާމާތް ކުރެވޭނެ ޖާގައެއް ވެސް ނެތެވެ.