މިލައުތުރު

އެމްޑީޕީގެ ކުރިމަގު ފައްކާކުރެއްވުމަށް ފައްޔާޒް ގދ. ތިނަދޫގައި…

އެމްޑީޕީގެ ކުރިމަގު ބިނާކުރުމަށް އެކުލަވާލާ “ރޯޑްމެޕް” އަށް ޚިޔާލާ މަޝްވަރާ ހޯދުމަށް ޗެއަރޕާސަން އަލްޢުސްތާޛު ފައްޔާޒް އިސްމާޢީލް ގދ.ތިނަދޫ އަށް ވަޑައިގެން ޕާޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.

ދިވެހިރާއްޖޭގައި ސިޔާސީ ފޯރި އެންމެ ގަދަ އެއް ރަށް ކަމަށްވާ ތިނަދޫއަށް އެމަނިކުފާނު ވަޑައިގަތީ އެމްޑީޕީގެ ކުރިމަގު ބިނާކުރުމަށް އެކުލަވާލާ މަގުޗާޓަށް ޚިޔާލާ މަޝްވަރާ ހޯދުމަށެވެ. މިދަތުރުފުޅުގައި ޕާޓީގެ ލީޑަރޝިޕްގެ އެހެން ވެސް ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ބޭބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ފައްޔާޒް އިސްމާޢީލްގެ ހިންގާލުމުގެ ސިޔާސަތަކީ އެމްޑީޕީގެ ތެރޭގައި ކުރިން ވަރަށް ބޮޑަށް މަޤުބޫލް ވެގެންދިޔަ ސިޔާސަތެކެވެ. އެހެން ނަމަވެސް މިދިޔަ އަހަރު އޮތް ރިޔާސީ އިންތިޚާބާއި، މިއަހަރު އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބާއި، މަޖިލިސް ބައި އިންތިޚާބުތަކާއި، އިއްޔެގައި އޮތް ކައުންސިލް ބައި އިންތިޚާބުތައް އެމްޑީޕީއަށް ގެއްލިފައި ވާތީ ފާޑުކިޔުންތަށް ވަނީ އަމާޒުވެފައެވެ.

ފާޑުކިޔުންތަކަށް ރައްދުދެއްވާ ފައްޔާޒް ވިދާޅުވެފައި ވަނީ މިއީ ނަތީޖާތަކާމެދު މާޔޫސްވާންވީ ވަގުތެއް ނޫންކަމަށާއި، ދެން ފެންނާން ފަށާނީ ކާމިޔާތައް ކަމަށެވެ. އަދި ލީޑަރޝިޕާ ދުރަށް ވަޑައިގަންނަވަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.

© 2023 milauthuru. All rights reserved.