މިލައުތުރު

ޒިފްލީން ކޮތަނބިރި ހަވާދު ދަވައިގެން އަނެއްކާ ވެސް އިތުރު ފްލެޓެއް ބައްލަަވައިގެންފި.

ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޢަބްދު ﷲ ޝާހިދުގެ ހަގު އަނބިކަނބަލުން ލިފްލީނާ ޙަސަން ކޮތަނބިރި ހަވާދު ތަޅައިގެން އިތުރު ފްލެޓެއް 3.8 މިލިޔަން ރުފިޔާއަށް ބައްލަވައިގެންފި ކަމުގެ ޚަބަރުތަކެއް ފެތުރިއްޖެއެވެ. އެ ފްލެޓް ބައްލަވައިގެންފައި ވަނީ އެކަމަނާގެ ދަރިފުޅެއްގެ ނަންފުޅުގައެވެ.

ޒިފްލީނާ ޙަސަން (ޒިފްލީން) އަކީ ނިމިދިޔަ ސަރުކާރުގެ ސްޓޭޓް މިނިސްޓަރެކެވެ. އެކަމަނާ ވަނީ ފޯއް ވިއްކައިގެން ކުރިން ވެސް 3.5 މިލިޔަން ރުފިޔާއަށް ފްލެޓެއް ބައްލަވައިގެންފައެވެ. އެކަމާ ގުޅިގެން އެކަމަނާއަށް އެހާބޮޑު ތަނަވަސް ކަމެއް ކުއްލިގޮތަކަށް ލިބިވަޑައިގަތީ ކިހިނެތްތޯ މީހުން ސުވާލު އެފައްދަން ފެށުމުން ވިދާޅުވެފައި ވަނީ އެކަމަނާ ފައިސާ ހޯއްދެވީ ފޯއް ވިއްކައިގެން ކަމަށެވެ.

މިފަަހަރު ވިއްކީ ކޮން އެއްޗެއްތޯ ސުވާލު އުފައްދަވާ މީހުން ސޯޝަލް މީޑިޔާގައި ޖޯކުޖަހަމުން ބުނެފައި ވަނީ މިފަހަރު އެކަމަނާ ފައިސާ ހޯއްދެވީ ކޮތަނބިރި ހަވާދު ދަވައިގެން އެތަޅައިގެން ކަމަށާއި، އެއީ ފިސާރި ކެރޭ މުރާލި އަދި ކުޅަދާނަ ކަނބަލެއް ކަމަށެވެ.

© 2023 milauthuru. All rights reserved.