މިލައުތުރު

ފޯކައިދޫގައި ޑެންގީ ފެތުރޭތީ ކުރިއަށް ގެންދިޔަ ޚާއްސަ ޙަަރަކާތްތަކުގައި ފުލުހުންގެ ފަރާތުން ފެނުނީ ރީތި ނަމޫނާއެއް!

ށ. ފޯކައިދޫގައި ޑެންގީ ހުމުގެ ވޭދަނާތައް އިތުރުވަމުންދާތީ ސިއްޙީމަރުކަޒާއި ރަށުގެ އެހެނިހެން މުޢައްސަސާތަކާއި ގުޅިގެން ގޭބީސީތަކުގައި މަދިރި އުފެދި އާލާވާ ފަދަ ތަންތަން ބަލާ ސާފުކޮށް ނައްތާލުމަށާއި، ރައްޔިތުންނަށް ގެންގީ ހުމުން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޙަރަކާތުގައި ފޯކައިދޫ ޕޮލިސް ސްޓޭޝަންގެ އެންމެހާ މުވައްޒަފުން ބައިވެރިވެއްޖެއެވެ.

ފޯކައިދޫ ސިއްޙީމަރުކަޒުގެ ކަމާގުޅޭ ޔުނިޓްގެ އިރުޝާދުގެ ދަށުން ފޯކައިދޫ ޕޮލިސް ވަނީ ރަށުގެ ހުރިހާ ގޭބިސީތަކަށް ޒިޔާރަތްކޮށް ޢަމަލީގޮތުން މަސައްކަތްތަކުގައި ބައިވެރިވެފައެވެ. އެގޮތުން މަދިރި ފަނި އުފެދިދާނެ ތަންތަން ފާހަގަކޮށް، އެތަންތަނާ ތަކެތި ނައްތާލުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. އަދި މީގެ އިތުރުން ޑެންގީ ހުމާ ގުޅޭ މުހިންމު މަޢުލޫމާތުތައް ޙިއްސާކޮށްދީ ޢާންމުން ހޭލުންތެރި ކުރުވުމުގައި ފާހަގަކޮށްލެވޭ ގޮތެއްގައި އެހީތެރިވެދެއްވާފައި ވެއެވެ.

ޑެންގީ ހުމަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ހުންރޯގާއެކެވެ. މިހުން ޖެހުމުން ގައިގާ ރިއްސުމާއި ބޮލުގައި ރިއްސުމުގެ އިތުރުން ވަރުބަލި ކޮށްލައެވެ. އަަދި ބަލި ބޮޑަށް ގޯސްވެ ހެމަރެޖިކް ވެއްޖެ ނަަމަ ގައިގެ އެތަން މިތަނުން ލޭއައުން ފަދަ ސީރިއަސް މައްސަލަތައް ދިމާވެއެވެ. މިބަލިން ރައްކާތެރިވުމަށް ޢާންމު ސާފުތާހިރުކަން ވަރަށް މުހިންމެވެ. އެގޮތުން ގޯތިތެރޭގައި ފެންހެދި މަދިރިފަނި އާލާވާ ފަދަ ތަންތަން ނައްތާލުމަކީ މުހިންމު ކަމެކެވެ.

One Reply to “ފޯކައިދޫގައި ޑެންގީ ފެތުރޭތީ ކުރިއަށް ގެންދިޔަ ޚާއްސަ ޙަަރަކާތްތަކުގައި ފުލުހުންގެ ފަރާތުން ފެނުނީ ރީތި ނަމޫނާއެއް!”

  1. ސައުނާ

    ފުލުހުންގެ ޔުނީފޯމް ގަވައިދާ ހިލާފަށް

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.