މިލައުތުރު

ސެލިން ޑިއޯންއަށް ޖެހުނު ބަލި ފަސޭހަވެއްޖެ: އޮލިމްޕިކްސް ހުޅުވުމުގެ ޙަފުލާގައި ލަވަކިޔަނީ…

މަސްހޫރު ލަވަކިޔުންތެރިޔާ ސެލިން ޑިއޯން އަށް ކުރިމަތިވި ސިއްޙީ ޙާލަތުން އަރައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް މިރޭ ފުރާންސްގެ ވެރިރަށް ޕެރިހުގައި އޮލިމްޕިކްސް-2024 ފެށުމުގެ ރަސްމިއްޔާތުގައި ޕާރފޯމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ ޙަފުލާގައި އޭނާ ލަވައެއް ހުށަހަޅައިދެނީ 2 މިލިޔަން ޑޮލަރުގެ އަގަކަށެވެ.

ސެލިން ޑިއޯންއަށް ޖެހުނު ބަލީގެ ސަބަބުން އެއްކޮށް ވާގި ނެތި ވީލްޗެއާގައި ދުވަސްތަކެއް ހޭދަކޮށްފައި ވެއެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ލަވަކިޔުންތެރިޔާގެ ޙަޔާތުގައި ދިމާވި ސިއްޙީ ބޮޑު ހިތާމައަށް ފަހު، ބަލިން މުޅިން ފަސޭހަވެ، އަލުން އަނބުރާ ލަވަކިޔުމުގެ ފުރުޞަތު ލިބުނީތީ އޭނާއާއި ސަޕޯޓަރުން ތިބީ އުފަލުން ފޮޅިފައެވެ.

ސެލިން ޑިއޯން އަކީ އޭނާގެ ރަންޒަމާނުގައި އެންމެ ބޮޑު އަގެއް ލިބުނު އަންހެން ފަންނާނެވެ. ފޯބްސްއިން ރިޕޯޓްކޮށްފައި ވާގޮތުން 1997، 1998، 2004 އަދި 2006 ގައި އެންމެ މަތީ އަގެއް ލިބުނު އަންހެން ލަވަކިޔުންތެރިއަކީ ސެލިން ޑިއޯން އެވެ. އޭނާގެ ލަވަޔާއި މިއުޒިކުގެ ފުރިހަމަކަމާއި ރީތިކަމަށްޓަކައި 2008 ގައި ވަނީ ދެ ޔުނިވަރސިޓީއަކުން އޮނަރަރީ ޕީއެޗްޑީ އަރުވާފައެވެ.

އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ސެލިން ޑިއޯން ޕާރފޯމްކުރާތީ އެތައް ހާސް ބަޔަކު ވަނީ ފްރާސްގެ ވެރިރަށް ޕެރިހަށް ދަތުރުކޮށްފައެވެ. އަދި އޭނާގެ ސަޕޯޓަރުން ތިބީ އޭނާ ލަވަކިޔާތަން އަލުން ދެކިލާހިތުން ކެތްމަދުވެފައެވެ.

© 2023 milauthuru. All rights reserved.