އަބްދުއްރަހީމަކީ އާދައިގެ ދިވެއްސެއް ނޫން، އެއީ އެއްވަނަ ދަރަޖައިގެ ތޫނުފިލި އާދަމުގެ ދަރިއެއް!

މިލައުތުރު | 21 އޮގަސްޓު 2024 | ރިޕޯޓު

މިހާރުގެ ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި ރައީސް އަބްދުއްރަހީމް އަބްދު ﷲ އަކީ ތޫނުފިލި ވަރަށް ޙިކުމަތްތެރި ދިވެއްސެއްގެ ގޮތުގައި މީހުން ސިފަކުރާން ފަށައިފިއެވެ. މަލާމާތާ ފުރައްސާރަ ކުރާމީހުން ލަދުގަންނަވާލާ އިނގިރޭސި ބަހުން ތަޤްރީރު ކުރެއްވީ ދިވެހީން ފަޚުރުވެރިވާހާ ފުރިހަމަ ލަފުޒުތަކާ މަޚުރަޖަތަކުންނެވެ.

އެގޮތުން “2024 އިންޓަރ-ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމަންޓް އޮފް ދަ އެސްޑީޖީސް ފޯރ ޕާލަމެންޓްސް އޮފް ޑިވެލޮޕިންގ ކަންޓްރީސް” ގެ ނަމުގައި ޗައިނާގައި އޮތް ސެމިނާރގައި މަޖިލިސް ރައީސް ވަނީ އިނގިރޭސި ބަހުން ފުރިހަމަ ތަޤްރީރެއް ކުރައްވާފައެވެ. ޚަބަރުތައް ލިބޭގޮތުގައި ޗައިނާގެ ބައެއް ޔުނިވާރސިޓީތަކުގައި އަދުރޭގެ ތަޤްރީރާ ގުޅޭ ދިރާސާތައް ވަނީ ފަށާފައެވެ.

Advertisement

މި ސެމިނަރގައި އިނގިރޭސި ބަހުން ތަޤްރީރު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު 1972 ވަަނަ އަހަރު ސިޔާސީ ގުޅުން ގާއިމުކުރި ފަހުން ދެގައުމުގެ ދެމެދުގައި އޮތީ ވަރަށް ހަރުދަނާ ގުޅުމެއް ކަމަށާއި، އެގުޅުން ދެމިއޮތީ ޗައިނާ އިން ގެންގުޅޭ “ވަން ޗައިނާ”ގެ ސިޔާސަތު ރާއްޖެއިން ފުރިހަމައަށް ގަބޫލުކުރާތީ ކަމަށެވެ.

އެމަނިކުފާނުގެ ތަޤްރީރުގައި ފާހަގަކުރެއްވި ގޮތުގައި “ރާއްޖެއިން ބޭނުންވަނީ ދެގައުމުގެ ގުޅުން މިހާރަށް ވުރެވެސް ބޮޑަށް ބަދަހިކުރަން” ކަމަށް ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ޗައިނާ އިން ގެންދަނީ ރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން ކަމަށެވެ. އެގޮތުން ސިނަމާލެ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުން ފަދަ ބޮޑެތި މަޝްރޫއުތަކަކީ ޗައިނާގެ އެހީކަމަށާއި، އެހީ ދިވެހިރާއްޖެ ޝުކުރުވެރިވާ މިސާލުތަކެއް ކަމަށެވެ.

Advertisement

އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން ގެންގުޅުއްވާ ތަރައްޤީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާ ވާހަކަފުޅު ދެއްކެވީ ދިވެހި ލޭހިނގާ ކޮންމެ ދަރިއަކު ވެސް ފަޚުރުވެރި ވާނެ މިންތަކާ އިންތަކުގެ ވެސް މަތިންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.