މިލައުތުރު

ބޮލީވުޑް ތަރި ދީޕިކާ ވިހައިފި، ވަރަށް ނޯމަލް އެޕިޒިއޮޓޮމީ ވެސް ނަހަދާ – ބޮލީވުޑް ނޫސްތައް

ބޮލީވުޑްގެ އެންމެ ރީތި އަދި މަޝްހޫރު ފިލްމީތަރި ދިޕިކާއާއި ރަންވީރު ސިންގަށް އަންހެން ދަރިއަކު ލިބުމުން ސަޕޯޓަރުން އެކަމާއި އުފާ ފާޅުކުރަމުން އެބަގެންދެއެވެ. މިއީ ދީޕިކާ ޕަދުކޯން ވިހެއި އަލަތު ފަހަރު ކަމުގައި ވިޔަސް އެޕިޒިއޮޓޮމީ ހަދާކަށް ނުޖެހުނެވެ.

ބޮލީވުޑްގެ ޚަބަރުތައް ފަތުރާ ބައެއް ނޫސްތައް ބުނާގޮތުގައި ދިޕިކާ ވިހާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. މްބާއީގެ ގިރްޖައޮން އެޗް.އެން ރިލަޔަންސް ހަސްފަތާލުން ބައެއް މީހުންނަށް ދިޕިކާ ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އައު ދަރިފުޅަށް މަރުހަބާ ކިޔާ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައި ވެއެވެ.

ދީޕިކާ އާއި ރަންވީރު ސިންގަށް ދަރިއެއް ލިބެން އުޅޭކަން ވަނީ މީގެ ކުރިން ވެސް އިއުލާން ކޮށްފައެވެ. ދިޕިކާ ވިހާނެ ކަމަށް ކުރިން ލަފާކޮށްފައި ވަނީ ސެޕްޓެމްބަރު 28 ގައި ކަމުގައި ވީނަމަވެސް މިއަދު އެވަނީ ވިހާފައެވެ. ޚަބަރުތައް ބުނާގޮތުގައި ދެމައިންގެ ހާލުވެސް ރަގަނޅެވެ.

ދީޕިކާ އަކީ ރާއްޖޭގައި ވެސް ފިރިހެނުންނަށް ރީތިވެފައި ހުނަރުވެރިކަމުން ވަރަށް މަޝްހޫރު ތަރިއެކެވެ. އެހެންކަމުން މިއީ ރާއްޖޭގެ ސަޕޯޓަރުންނަށް ވެސް އުފާވެރި ޚަބަރެކެވެ.

© 2023 milauthuru. All rights reserved.