ނިބްރާސް އިވާން

މީ އޭ މައިލޯ ފުޓްސަލް ޓޯނަމަންޓް 2024: ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗަކުން މޮޅުވެ އަލްސާކާ ސްޕޯޓްސް ސެމީ ފައިނަލަށް

ފޯކައިދޫގައި ކުރިއަށްދާ މީ އޭ މައިލޯ ފުޓްސަލް ޓޯނަމަންޓް 2024 ގެ ގްރޫޕް ބީ ގައި މިއަދު ބައްދަލުކުރީ އަލަސްކާ ސްޕޯޓްސް  އަދި ބީ.އެލް.ބީއެވެ. މިއަދު ހަވީރު ފޯކައިދޫ ރަސްމީ ފުޓް ބޯޅަ ދަނޑުގައި ކުރިއަށް ދިޔަ މިމެޗު އަލްސާކާ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-5 ލަނޑުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބީ.އެލް.ބީ ޓީމުން ވަނީ ދެ ގޯލުޖަހާފައެވެ. ނަމަވެސް ފަހު ހާފުގައި އަލަސްކާ ޓީމުން ކުޅުން ވަރުގަދަކޮށް ފަހަތުން އަރާ 5 ގޯލު ކާމިޔާބުކޮށް ގްރޫޕު ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައި މިވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކީ އަލަސްކާ ސްޕޯޓްސްގެ ޖާޒީ ނަންބަރ 14 މުހައިމިންއެވެ. ގްރޫޕް ސްޓޭޖުގައި އަލަސްކާ ކުޅުނު ތިން މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް މުހައިމިންއެވެ. މި މެޗުގައި މުހައިމިން ވަނީ ވަނީ 3 ގޯލު ޖަހާފައެވެ. މި މެޗު ކާމިޔާބު ކުރުމާއެކު އަލަސްކާ ސްޕޯޓްސް ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް އޭ ގެ ދެވަނަ ޓީމާއެވެ. މިވަގުތު ނަތީޖާ ދައްކާގޮތުން ގްރޫޕް އޭގެ ދެވަނަ ޓީމަކީ ޑީ.އެމް.ޓީއެވެ.

ފޯކައިދޫގައި ކުރިއަށްދާ މީ އޭ މައިލޯ ފުޓްސަލް ޓޯނަމަންޓް 2024 ގެ ގްރޫޕް އޭ ގައި މިއަދު ބައްދަލުކުރީ ޑީ.އެމް.ޓީ އަދި އޯ.ބީ.ޓީއެވެ. މިމެޗު ޑީ.އެމް.ޓީ އިން ކާމިޔާބުކޮށްފައިވަނީ 1-12 ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ޑީ.އެމް.ޓީ ޓީމުގެ ޖާޒީ ނަންބަރ 7 ޠޯއިފްއެވެ.

ގްރޫޕް ސްޓޭޖްގެ ފޯރި ގަދަވަމުން ދާއިރު ގްރޫޕް ސްޓޭޖްގެ ފަހު މެޗު މާދަމާ ހަވީރު ކުރިއަށްދާނެއެވެ. އެގޮތުން މާދަމާ ބައްދަލުކުރާނީ ވައިޓް ރައިޑާސް އަދި ފަހި އެފްސީއެވެ. މީ ގްރޫޕް ސްޓޭޖްގެ ފަހު މެޗެވެ. މި މެޗު ވެސް މީ އޭ މައިލޯ ފޭސްބުކް ޕޭޖުން ލައިވްކުރާނެއެވެ.

© 2023 milauthuru. All rights reserved.