ބަފަނަ ފުޓްސަލް ޗެލެންޖް-2024: އެންމެ ފަހުގެ ޗެމްޕިއަން އެންބުލެކް ބަލިކޮށް ޑާކް ވުޑް ސެމީ ފައިނަލަށް.

މިލައުތުރު | 1 އޮކްޓޯބަރ 2024 | ކުޅިވަރު

ށ. ފޭދޫގައި މިހާރު ކުރިއަށްދާ ބަފަނަ ފުޓްސަލް ޗެލެންޖް-2024 މުބާރާތުގެ އެންމެ ވަރުގަދަ ޓީމުކަމަށް ބެލެވުނު އެން ބުލެކް އެފްސީގެ މައްޗަށް ކުރިހޯދުމަށް ފަހު ގުރޫޕްގެ އެއްވަނަ ޓީމެއްގެ އޮތުގައި ކުލަބް ޑާކް ވުޑް ސެމީ ފައިނަލުން ޖާގަ ކަށަވަރު ކޮށްފިއެވެ.

Advertisement

މިއީ ފޭދޫ ބަފަނަ ސްޕޯޓްސް ކުލަބުގެ ފަރާތުން އިންތިޒާމުކުރާ ފުޓްސަލް މުބާރާތެކެވެ. މި މުބާރާތުގައި ރޭ ބައްދަލުކުރީ އެން ބްލެކް އެފްސީ އާއި ކުލަބް ޑާކް ވުޑެވެ. މި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮއްފައި ވަނީ ކުލަބް ޑާކްވުޑެވެ. އެހެންކަމުން މި ނަތީޖާއާއެކު ގުރޫޕްގެ އެއްވަނަ ޓީމަކަށް ވެފައި ވަނީ ޑާކް ވުޑް އެވެ.

މި މުބާރާތުގައި ޑާކް ވުޑް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ، 7 ޕޮއިންޓާއެކު ވަނީ ގްރޫޕްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އާދަޔާ ޚިލާފު މޮޅު ކުޅުމަކަށް ފަހު ލިބުނު ފުރިހަމަ ކާމިޔާބާއެކު ޑާކް ވުޑް އޮތީ މުބާރާތުގެ ޗެމްޕިއަންކަމާ އިންޗިއަކާ ގާތަށް ޖެހިލާފައެވެ.

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.