މިލައުތުރު

ޑެޕިއުޓީ މިނިސްޓަރ މުޙައްްމަދު ނާޝިދުގެ މައްޗަށް ދެލައްކަ ރުފިޔާގެ ދަރަނި ދައްކަން ޙުކުމްކޮށްފި.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ގެ ނައިބު ވަޒީރުގެ މަޤާމުގައި ހުންނެވި ށ. މިލަންދޫ ފިތުރޯނުގެ މުޙައްމަދު ނާޝިދު މީހަކާއެކު ހަދާފައިވާ އެއްބަސްވުމާއި ޚިލާފުވެ، މަކަރާ ޙީލަތުން ދެ ލައްކަ ރުފިޔާއަށް ވުރެ ގިނަ ފައިސާ އަތުލާފައި ވާތީ، ގ. ސޭލިއަންޓް ފާޠިމަތު ސަޖުނާގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރި މައްސަލަ ނާޝިދުގެ މައްޗަށް ސާބިތުވެއްޖެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 1752/Cv-C/2021 ޤަޟިއްޔާ އާއި ގުޅިގެން ކޮށްފައިވާ ޙުކުމްގައި ވަނީ 202،000.00 ރުފިޔާ 30 ދުވަހުގެ ތެރޭގައި ދަޢުވާކުރި ފަރާތްކަމުގައިވާ ފާޠިމަތު ސަޖުނާއަށް ދައްކާ ޚަލާސްކުރުމަށް ޙުކުމްކޮށްފައިި ވާކަމަށެވެ.

މިއީ މަސައްކަތު އެއްބަސްވުމެއްގެ ދަށުން ތަނެއް ހެދުމަށް އޭނާ ނަގާފައިވާ ފައިސާ ކަމަށާއި، އެއްބަސްވެފައިވާ ގޮތަށް 45 ދުވަހުގެ ތެރޭގައި މަސައްކަތް ނުނިންމުނުތާ ފައިސާ ވެސް ބޭނުންކޮށްފައި ވާކަމަށާއި، ތަކެތި ގަތުމަށް ކަމަށް ބުނެ ވެރިފަރާތުން ނަގާފައިވާ ފައިސާ ވެސް އޭނާގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާކަމަށް ތުހުމަތު ކޮށްފައި ވެއެވެ.

ނާޝިދަކީ އެކި ކަހަލަ ވިޔަފާރިތައް ކުރުމުގެ ނަމުގައި މީހުންގެ އަތުން ފައިސާ އަތުލާ މީހެއްގެ ގޮތުގައި މިލަންދޫގައި މަޝްހޫރުވެފައިވާ ފަރާތެކެވެ. އަދި އޭނާ އަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ނައިބު ވަޒީރެކެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.