މިލައުތުރު

ށ. އަތޮޅު ކައުންސިލުން އިންތިޒާމުކުރާ “މިލައުތުރު ހޭންޑްބޯޅަ މުބާރާތް – 2024” ނޮވެމްބަރު 2 ގައި ފެށެނީ…

މުޅި ށ. އަތޮޅަށް ހުޅުވާލައިގެން އަތޮޅު ކައުންސިލުން އިންތިޒާމުކުރާ އަތޮޅު ހޭންޑްބޯޅަ މުބާރާތް 2 ނޮވެމްބަރު 2024 ގައި ކޮމަންޑޫގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިލައުތުރު އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ޝިޔަންޓޭ ވިދާޅުވީ މިއަހަރުގެ ހޭންޑްބޯޅަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ވަނީ ފޯކައިދޫ އާއި ކޮމަންޑޫގައި ކަމަށެވެ. އެގޮތަށް ހަމަޖެއްސީ ބައިވެރިވާ ރަށްތަކުގެ ދަތުރުފަތުރުގެ ފަސޭހައަށްޓަކައެވެ. އެގޮތުން ހުޅަނގުބިތުގެ ރަށްތަަކުން ދާންޖެހޭނީ ފޯކައިދޫއަށް ކަމަށާއި، އަނެއް ފަޅީގެ ރަށްތަކުގެ ޓީމްތައް ދާންޖެހޭނީ ކޮމަންޑުއަށް ކަމަށާއި، އެއީ އެންމެންނަށް ވެސް ފަސޭހަ ވާނެ ގޮތްކަމަށެވެ.

މުބާރާތް ހޯސްޓްކުރާ ދެރަށާއި، ޓީމްތައް ބައިވެރިކުރާ ރަށްތަކުން ވެސް ވަރަށް ފޯރީގައި މުބާރާތައް ތައްޔާރުވަމުން ދާކަމަށާއި، ހުޅުވާ މެޗާއި ރަސްމިއްޔާތު އޮންނާނީ ކޮމަންޑޫގައި ކަމަށާއި، ފައިނަލް މެޗާއި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ފޯކައިދޫގައި ކަމަށެވެ.

މި މުބާރާތުން އެއްވަނައަށް ދާ ޓީކަމަށް 35،000.00 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އާއި މެޑަލްއާ ހަނދާލީ ލިޔުން ލިބޭނެކަމަށާއި، ދެވަނައަށް ދާ ޓީމަކަށް 15،000.00 ރުފިޔާގެ ފައިސާގެ އިނާމާއި މެޑަލް އާއި ހަނދާނީ ލިޔުން ލިބޭނެ ކަމަށެވެ. މި މުބާރާތުގައި އަތޮޅުގެ 10 ޓީމް ބައިވެރިވާ ކަމަށާއި، މިއީ އަންހެނުންނަށް ޚާއްޞަ މުބާރާތެއް ކަމަށެވެ.

© 2023 milauthuru. All rights reserved.