މިލައުތުރު

ކޮބާ ކޮބާ، ގޯތި ކޮބާ – އެމްޑީޕީ

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ކުރީ ސަރުކާރުން ދޫކުރަން ނިންމާފައިވާ ގޯތިތައް ނުދީ ލަސްވާތީ އާއި، ގޯތި ޙައްޤުވާ ފަރާތްތަކުގެ ލިސްޓުން ބައެއް ފަރާތްތަކުގެ ނަންތައް އުނިކުރަމުން ގެންދާކަމުގެ ތުހުމަތުތަކާއެކު، އިދިކޮޅު އެމްޑީޕީ އިން މިއަދު މަޖިލިސްކުރާ ގޭދޮށުގައި އިހުތިޖާޖު ކޮށްފިއެވެ.

އެމީހުން ގޮވަމުން ގެންދިޔައީ “ކޮބާ ކޮބާ، ގޯތި ކޮބާ” މިހެންނެވެ. މަދު އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ނިކުމެ ގޯތި ޙައްޤުވާ ފަރާތްތަކަށް ގޯތިތައް ޙަވާލުކުރުމަށް ގޮވާލާ އަޑުއުފުލާފައި ވެއެވެ.

މިއަދުގެ 9:15 އިން ފެށިގެން މަޖިލިސްގެ ޖަލްސާ މެދުގަނޑާލަންދެން އެމީހުން އެ ސަރަޙައްދުގައި އަޑުއުފުލުގައި އެއްވެސް ވަރުބަލިކަމެއް، ފޫހިކަމެއް ނެތި ތިބިތަން ފެނުމަކީ އެމްޑީޕީގެ ރޫޙު ފަނޑުނުވާ ކަމުގެ ހެއްކެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރާނެ ކަމެކެވެ.

މަޖިލިސް މެދުކަނޑާލުމާއެކު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް އެތަނަށް ވަޑައިގެން އެމީހުންނާ ސަލާމްކޮށް ހިތްވަރުދީ އިހުތިޖާޖުގައި ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ ދުވަސްތަކަކަށް އެމްޑީޕީގެ މަގުމަތީގެ ޙަރަކާތްތައް މެދުކެނޑިފައި އޮތުމަށް ފަހު، ފެނިގެންދިޔަ އައު ފެށުމެއް ކަމަށް ވެދާނެއެވެ.

© 2023 milauthuru. All rights reserved.