ރޮނާލްޑޯ އާއި ބައްދަލުކުރަން ޒުވާނަކު ބައިސްކަލުގައި 6 މަސްދުވަހުން ސައުދީއަށް!

މިލައުތުރު | 22 އޮކްޓޯބަރ 2024 | ކުޅިވަރު

ކުރިސްޓިއާނޯ ރޮނާލްޑޯގެ ޗައިނާ ސަޕޯޓަރަކު ބައިސްކަލުގައި ސައޫދީ އަރަބިޔާއަށް ދަތުރުކޮށްފިއެވެ. އޭނާއަށް ސައުދީއަށް ދެވުނީ 6 މަސްދުވަހާ 2 ދުވަހުން ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

Advertisement

ޗައިނާގެ އެ ޒުވާނާގެ ހިތްވަރަށް އެތައް ބަޔެއްގެ ތަޢުރީފު ލިބިފައި ވެއެވެ. އޭނާ ބައިސަކަލުގައި ފެށި ދަތުރުގައި 13،000 ލިކޯމީޓަރު ކަޑަތުކޮށްފައި ވެއެވެ. އެހާ ބޮޑު ޤުރުބާނީއެއް ވެގެން ވެސް އޭނާ ބޭނުންވީ އޭނާގެ އައިޑޮލް ކަމަށްވާ ރޮނާލްޑޯ އާއި ބައްދަލުކުރާށެވެ.

އޭނާ ސައުދީއަށް ދިއުމުން ރޮނާލްޑޯ ވަނީ ބައްދަލުކޮށްފައެވެ. އަދި ހަދިޔާއެއްގެ ގޮތުން އަލްނަސްރުގެ 7 ނަންބަރު ޖެހި ޖާޒީއެއް ވަނީ ހަދިޔާކޮށްފައެވެ. އެ ޒުވާނާ ބުނިގޮތުގައި އޭނާ ދެކެން ބޭނުންވި އެންމެ ބޮޑު ހުވަފެން ޙަޤީޤަތަކަށް ވީތީ ވަރަށް އުފާވެއްޖެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.