މިލައުތުރު

ފޯކައިދޫ ފެނަކައިން އެންމެ ފުރަތަމަވެސް ކަނޑާލީ ޕީއެންސީއަށްޓަކައި އެންމެ ޤުރުބާންވީ މީހާގެ ދަރިފުޅު.

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން މުވައްޒަފުން މަދުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ށ. ފޯކައިދޫ ފެނަކައިން ވެސް ބައެއް މުވައްޒަފުން ދޫކޮށްލުމަށް ނިންމައި، އެންމެ ފުރަތަމަވެސް ކަނޑާލީ ސަރުކާރު ހިންގާ ޕާޓީކަމަށްވާ ޕީއެންސީއަށްޓަކައި އެންމެ ޤުރުބާންވީ މީހާގެ ދަރިފުޅުކަން ހާމަވެއްޖެއެވެ.

ފޯކައިދޫ ފެނަކައިގާ މަސައްކަތްކުރަމުންދިޔަ އަންހެން މުވައްޒަފެއް ކަމަށްވާ އާމިނަތު ނަދުހާގެ ވަޒީފާގެ އެއްބަސްވުން 28 ނޮވެމްބަރ 2024 ގައި ހަމަވެފައި ވާތީ އާއި، އިތުރަށް ބޭނުން ނުވާތީ، އޭނާ އެތާރީޚުގައި ވަޒީފާއިން ވަކިކުރިކަން ވަނީ ލިޔުމުން އަންގާފައެވެ. ނަދުހާ އަކީ ފޯކައިދޫ ރޯޝަނީގޭ ކުއްޖެކެވެ. އަދި އެއީ ފެށުނީންސުރެ ޕީޕީއެމް އާއި ޕީއެންސީއަށްޓަކައި ފޯކައިދޫގައި އެންމެ ބޮޑު ޤުރުބާނީއެއްވީ އެއް އާއިލާއެވެ. އަދި ޚުދު އެކުއްޖާއަކީ ވެސް ޕާޓީގެ ކޮންމެ ޙަރަކާތެއްގައި ޢަމަލީ ގޮތުން ބައިވެރިވާ ވަރަށް ޙަރަކާތްތެރި ކުއްޖެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފޯކައިދޫގައި ފާޑުކިޔުންތައް އަމާޒުވި މި މައްސަލައާއި ގުޅިގެން ސޯޝަލް މީޑިޔާގައި އެއީ އިދާރީ އޮޅުމެއް ކަމަށް ފެތުރެމުންދިޔަ ވާހަކަތަކުގެ ޙަޤީޤަތް ކަށަވަރުކުރުމަށްޓަކައި، މިލައުތުރުގެ ފަރާތުން ވަގުތީގޮތުން ފޯކައިދޫ ފެނަކަ ބްރާންޗް ހިންގުމާއި ޙަވާލުވެގެން ހުންނެވި މާހިދުއަށް ގުޅާލުމުން ވިދާޅުވީ އިދާރީ މައްސަލައެއް ކަމަށް ވެސް އަދި ވަޒީފާ އަނބުރާ ދިނުމަށް ވެސް އެއްވެސް ރަސްމީ ފަރާތަކުން އަންގަވާފައި ނެތްކަމަށެވެ.

One Reply to “ފޯކައިދޫ ފެނަކައިން އެންމެ ފުރަތަމަވެސް ކަނޑާލީ ޕީއެންސީއަށްޓަކައި އެންމެ ޤުރުބާންވީ މީހާގެ ދަރިފުޅު.”

  1. އިސްމާއިލް މުނީރު

    މި ނޫހުގައި ޙަބަރު ލިޔާމީހާގެ ނަން ނީންނާތީ މައްސަލައަކީ

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.