އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޭރުގެ އިތުރު އެއާލައިނެއް ގެންނަން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އޭސް ޓްރެވެލްސްގެ ވެރިޔާ މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ވިދާޅުވީ އެ ބައްދަލުވުމުގައި ގަން އެއާޕޯޓް ތަރައްގީ ކުރަން މިހާރު ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.
މިހާރުވެސް ސްރީ ލަންކަން އެއާލައިންސް އިން ގަމަށް ޝެޑިއުލް ދަތުރުތައް ކުރާއިރު ރާއްޖޭގެ އެޖެންޓުކަނަ ކުރަނީ އޭސް ޓްރެވެލްސް އިންނެވެ. ފިރާގު ވިދާޅުވީ ގަން އެއާޕޯޓުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެތަނަކީ ކުރިމަގު އޮތް އެއާޕޯޓެއް ކަމަށެވެ.
ފިރާފު ވިދާޅުވީ ގަމަށް އިތުރު އެއާލައިނެއްގެ ދަތުރުތައް ފެށުމާ ގުޅޭ މަޝްވަރާތަކެއް މެނޭޖްމަންޓާ އެކީ ކުރެވުނު ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް ގަމަށް ބާއްވަމުން އަންނަނީ 2016 އިން ފެށިގެންނެވެ. އެގޮތުން މިހާރު ހަފުތާއަކު ތިން ދަތުރު ބާއްވަ އެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑޫގައި އަކީ ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތް ތަނެވެ. އަދި އައްޑޫގެ ފަތުރުވެރިކަން ފުޅާކުރުމަށް މި ސަރުކާރުންވެސް މަސައްކަތް ކުރުމަށް ޕްލޭން ކުރެވިފައިވާކަން ފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު