މިލައުތުރު

ރާއްޖޭގެ އަންހެން ފަނޑިޔާރަކަށް ތަހައްމަލް ކުރަންޖެހިފައި މިވަނީ ހިތްދަތި ތަޖުރިބާއެއް!

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ގޮތެއް ނިންމުމަށް ޖޭއެސްސީން ބާއްވާ ބައްދަލުވުން ހުޅުވައިލައިގެން ބާއްވާ އަޑުއެހުން ވަނީ މިރެޔަށް ތާވަލުކުރެވިފައެވެ.

ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކިރުމާއި މެދު ގޮތެއް ނިންމުމަށް ޖޭއެސްސީން ބާއްވާ ބައްދަލުވުން ހުޅުވާލައިގެން ބާއްވަން އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ. އަދި ހުށަހެޅުއްވި އެއްވެސް ދިފާއީ ހެއްކެއް ބަލައިނުގަނެ ޖޭއެސްސީ ހެދި ތަހުގީގު ކޮމެޓީން ދެ ފަނޑިޔާރުން ވެސް މަގާމުން ވަކިކުރަން ލަދާފޭން ވަނީ ނިންމާފައެވެ.

މިރޭ 8 ޖަހާއިރަށް ތާވަލުކޮށްފައިވާ ބައްދަލަވުން އާއްމުކޮށް ހުޅުވާލައިގެން ގެންދިޔުމަށާއި، ގާނޫނީ ވަކީލަކާ އެކު ހާޒިރުވެވަޑައިގެން ދިފާއީ ހެކި ހުށަހަޅުއްވައި ވަކާލާތު ކުރުމުގެ ފުރުސަތު ދެއްވުމަށް ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ އެދިވަޑައިގެންފައެވެ.

މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ދައުލަތުގެ އެންމެ މަތީ ކޯޓުކަމުގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަންހެން ފަނޑިޔާރަކަށް މިފަދަ ކަމެއް ތަހައްމަލް ކުރަން ޖެހިވަޑައިގަތް ފުރަތަމަ ފަހަރެވެ.