އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުން ފެނިގެންދިޔައީ އެ ޕާޓީގެ ޓީމްތައް ހަރުދަނާ އަދި އިންތިޒާމީ ގޮތެއްގައި ރަށް ރަށުގައި ރުކުރުވާލެވިފައިވާ ތަނެވެ.
ފައްޔާޒާ އެމްޑީޕީގެ ޓީމަށް ރަށް ރަށުން ކިޔާފައިވަނީ ހޫނު މަރުޙަބާއެކެވެ. އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮތް ނަމަވެސް އެމީހުންގެ ހިތްވަރާ އުންމީދާ މަސައްކަތައް ކުޑަ ވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އަދި ސަރުކާރު ހިންގާ ޕާޓީގައި ރަށް ރަށުގެ ކަންކަން ރާވާ ހިންގަވަން ތިއްބެވީ ކަމުގެ ތަޖުރިބާއާ ވައްޓަފާޅި ވެސް ނެތް ބަޔަކަށް ވުމީ އެމްޑީޕީއަށް އޮތް ވަރަށް ވެސް ބޮޑު އެޑްވާންޓޭޖެކެވެ.
ށ. ފޯކައިދޫ އިން ފެނުނު މައްޒަރަށް ބަލައިލުމުން ށ. އަތޮޅު ބަދަލުވަމުންދާ ގޮތް ވަރަށް ރީއްޗަށް ފާހަގަ ކުރެވެއެވެ. މުޅި ރަށުން ފެނުނީ އެމްޑީޕީ ގަދަވަމުން ވަރުގަދަވަމުން އަންނަ ތަނެވެ. އެމީހުންގެ ބައި ބޮޑުވަމުން އަންނަ އައުމާއި، އުފެއްދުންތެރި ޚިޔާލުތައް ފެނުމާއި، ސިޔާސީ އިސްނެގުމަކީ ޒަމާނީ ޑިމޮކްރަސީއެއްގައި އިސްވާރުންގެ ދައުރުގެ ފުރިހަމަކަން ދައްކުވައިދޭ ކަމެކެވެ.