މިލައުތުރު

މި ސަރުކާރު އައިސް ކޮރަޕްޝަނުގައި ވަނީ ކަސްތޮޅު އަޅުވާފައި – އެމްޕީ ޝާޑް

މިހާރު މިއޮތް ސަރުކާރު ވެރިކަމާ ހަމަ ހަވާލުވުމާ އެކު ވަނީ ކޮރަޕްޝަން ތަޅުލާފައި ކަމަށާއި އެ އަމަލު ހިންގުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ރޭގައި ވިދާޅުވެއްޖެ އެވެ.

ރޭގައި އޮތް ޕީއެންސީ ހަރުގެ ޖަލްސާގައި އެމްޕީ ޝާޑު ފަށްފަށް ކުރައްވާ ވިދާޅުވީ ކޮރަޕްޝަން ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އަދި މި ސަރުކާރުގައި ކޮރަޕްޝަން ހިންގަން އޮތް ފުރުސަތު ވަނީ އެއްކޮށް ބަންދުކޮށްލާފައި ކަމަށެވެ.

ޝާޑް އިތުރަށް ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަން ހިންގައޭ އިދިކޮޅޭމެން ބުނަނީ ސަރުކާރާއި ރައްޔިތުން ޖައްސައި، ފިތުނަ އުފައްދާ މިރާއްޖެ ފަސާދަކުރުމުގެ މަޤުޞަދުގައި ކަމަށެވެ.