މިރޭ އޮންނަ ޕީއެންސީ ޖަލްސާއަށް މިލަންދޫން ގިނަ ބަޔަކު މާލެއަށް އަތުވެއްޖެ.

މިލައުތުރު | 14 ނޮވެމްބަރ 2025 | ސިޔާސީ

ށ. ފޯކައިދޫ ސަޕޯޓަރުން 

މިރޭ އޮންނަ ދިވެހީންގެ ރާއްޖެ ޖަލްސާއަށް މިލަންދޫ ބޮޑު ޓީމެއް މާލެ އަރައިފި އެވެ. މިލަންދޫ އަކީ ށ. އަތޮޅުގައި އޮތް އެންމެ އާބާދީ ބޮޑު އެއް ރަށެވެ.

މިލަންދޫން ގިނަ އަދަދެއްގެ ބަޔަކު ވަނީ މިރޭގެ ޖަލްސާގައި ބައިވެރިވުމަށް މާލެ އަރާފައެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ޕޮޓޯތަކުން ފެންނަ ގޮތުގައި މިލަންދޫ ޓީމު އެހާ ބޮޑެއް ނޫނެވެ. އެހެން ނަމަވެސް މަޢުލޫމާތު ލިބޭ ގޮތުގައި މިލަންދޫ އެކަނި ވެސް 500 އަށް ވުރެ ގިނަ މީހުން ވަނީ އައިސްފައެވެ.

ދެން އެންމެ ގިނަ މީހުން މާލެ އަކީ ށ. ފޯކައިދޫން ކަމަށް މަޢުލޫމާތު ލިބެއެވެ. 55 މީހުންގެ ޖާގައިގެ ލޯންޗެއް ފުރާލާ ފޯކައިދޫން ސަޕޯޓަރުން އައިސްފައި ވެއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މިރޭގެ ޖަލްސާގައި ށ. އަތޮޅުގެ މީހުން ވަރަށް ގިނަވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.