ކޮމަންޑޫ ދާއިރާގެ މެންބަރު މަޖިލީހުގައި ދެ އަހަރު ހޭދަކުރީ ބަހެއް ވިދާޅުނުވެ – ކޮމަންޑޫ އެމްޑީޕީ

މިލައުތުރު | 16 ޑިސެމްބަރ 2025 | ސިޔާސީ
2

ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ތަމްސީލުކުރާ މެންބަރު މުޙައްމަދު އިބްރާހީމް ދެ އަހަރު ދުވަހުގެ ތެރޭގައި އެންމެ ލަފުޒެއް ވެސް ވިދާޅުވެފައިނުވާތީ ކޮމަންޑޫ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކޮމަންޑޫ އެމްޑީޕީގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ދާއިރާގެ މަޖިލިސް މެންބަރުގެ ނާޤާބިލުކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވަނީ މިއަދު ޖެހި ޕޯސްޓެއްގައެވެ.

“20 ވަނަ ރައްޔިތުން މަޖްލިސްގެ ދައުރައް ދެ އަހަރު ވަނީ، ކޮމަންޑޫ ދާއިރާ ތަމްސީލް ކުރާ މެންބަރު އަދި ހަމަ އެންމެ ލަފްޒެއްގެ މިންވަރުވެސް މަޖްލިސްގެ ތަޅުމުގައި ބުނެފައި ނުވެއެވެ. ނާޤާބިލުކަމުން ބަސްބުނުމުގެ ހިއްވަރު ނެތީއެވެ. މިފަހަރު ކޮމަންޑޫ ކައުންސިލަށް ވެސް “މަންމަން” ކައުންސިލްއެއް ގެންނަން ރައްޔިތުން ޖާގަ ދޭނެ ބާ! ކޮންމެ ވިސްނުމެއްގައި ވޯޓުލީ ނަމަވެސް ކަންކުރެވޭނެ ޤާބިލުކަން ހުރި ކެޑިޑޭޓުންނަށް ވޯޓުލުން ބުއްދިވެރި.” އެމްޑީޕީ ކޮމަންޑޫ ގޮފީގެ ފޭސްބުކް ޕޯސްޓްގައި ވެއެވެ.

އެމްޕީ މުޙައްމަދު އިބްރާހީމް ފާހަގަކުރެވެނީ ވާހަކަދެއްކުމަށް ޖެހިލުންވާ މީހެއްގެ ގޮތުގައެވެ. އެހެންކަމުން އެއްވެސް ކެމްޕެއިނެއްގައި ވެސް، ޖަލްސާއެއްގައި ވެސް އަދި މިހާތަނަށް ބަހެއް ވިދާޅުވެފައެއް ނުވެއެެވެ. އަދި އަމުދުން އެއްޗެއް ލިޔެ އިބާރާތް ކޮށްފައެއް ނުވެއެވެ. އަދި ފާހަގަކުރެވެނީ މިހާތަނަށް މަޖިލީހުގައި ބަހެއް ވިދާޅުނުވާ ހަމަ އެކަނި މެންބަރުގެ ގޮތުގައެވެ. އަދި އިތުރު ދައުރަަކަށް ވާދަނުކުރާނަމަ މުޙައްމަދު އިބްރާހީމްގެ ފުށުން ދަރިވަރުވެފައިވާ މީހަކު ވާދަކުރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

M M
ބަސް މަދުކޮށް އަމަލު ގިނަކުރުން ރަނގަޅީ
އ އއމނ
އަދިވެސް ގޮވާނެ ސަރުކާރާ ގުޅިގެން ތަރައްޤީ ގެންނަން ސަރުކާރުގެ ކެނޑިޑޭޓުން ހޮވާށޭ... ގުރައިސް ނޫނީ ނެއް ފޯކައިދޫ ކައުންސިލަށް ވެސް ރޯފިލާފަ ހުރި އެކަކުވެސް ޕީއެންސީ އިން ނެރެފަ...