އެމްޑީޕީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި ސައިފު ﷲ އުސްމާން ވެރިކަންކުރާ ޕީއެންސީއަށް ބަދަލުވެއްޖެ އެވެ. އަދި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެކަން ވަނީ އިޢުލާން ކޮށްފައެވެ.
ސައިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ،
2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަކީ، މިލަންދޫގެ މުސްތަޤްބަލު ކަނޑައަޅާނެ މުހިންމު އިންތިޚާބެކެވެ. މިލަންދޫގެ ތަރައްޤީގެ ދުވެލި ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، މަރުކަޒީ ސަރުކާރާއެކު ގުޅިގެން މަސައްކަތްކުރާނެ ކައުންސިލެއް ރައްޔިތުންގެ ކުރިމަގަށް ބޭނުންވެއެވެ.
އެހެންކަމުން، މި އިންތިޚާބުގައި، ރަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ފަރާތުން ވާދަކޮށް ތަރައްޤީގެ ހުވަފެން ހަޤީޤަތަކަށް ހަދައިދޭން، މަސައްކަތް ކުރުން ކަމަށް އަޅުގަނޑު ޤަބޫލު ކުރާތީ، މިލަންދޫގެ ތަރައްޤީގެ ދުވެލި އަވަސްކޮށް، ރައްޔިތުންނަށް ފައިދާ ކުރާނެ ނަތީޖާތައް ނެރެދިނުމަށް، ޕީ.އެން.ސީގެ ޓިކެޓުގާ ވާދަކުރަން އަޅުނގަޑު ނިންމަވާފައިވާ ކަމަށެވެ.
އަދި ދޭދޭ ފަރުދުންގެ މެދުގާ ހުރި ހިޔާލު ތަފާތުވުންތަކާއި ސިޔާސީ ނުތަނަވަސް ކަމަށްވުރެ މިލަންދޫގެ މުސްތަޤުބަލު މާ މުހިންމު ކަމަށާއި، ސިޔާސީ ހަޔާތުގައި ދެއްވި ފުރުސަތާއި އެހީތެރިވެ ދެއްވި އަދި މަސައްކަތް ކޮށްދެއްވި އެމްޑީޕީގެ އެންމެހާއި އެކުވެރިންނާއި ލޮބުވެތި ރައްޔިތުންނަށް ފަޚުރުވެރިވަން ، އަދި ޝުކުރުވެރިވާ ކަމަށެވެ.
މިވަގުތު ސައިފު ހުންނެވީ މާލޭގައެވެ. ފެންނަ ފެނުމަށް ހީވަނީ ދުވަސްތަކެއް ވަންދެން ބަލިވެއުޅެފައި ހުރިހެންނެވެ. އުފާވެރިކަން ގެއްލި މިލާ މޯޅިވެފައި ކަހަލައެވެ.
ކިޔުންތެރިންގެ ހިޔާލު