އެނގޭތޯ ޓިކްޓޮކް ތަރި އަމްޖޭ އަކީ ށ. އަތޮޅު މީހެއް

މިލައުތުރު | 7 ޖޫން 2023 | އަތޮޅުތަކުން
9

މިހާރަކަށް އައިސް ޓިކްޓޮކްގައި އެންމެ ނަން ހިނގާ އެއް ތަރި އަކީ ޢަލީ އަމްޖަދު (އަމްޖޭ) އެވެ. ޓިކްޓޮކް އަމްޖޭ އަކީ ށ. ފޯކައިދޫ އަށް އުފަން މީހެކެވެ. އޭނާ މަޝްހޫރު ވެފައި ވަނީ މުއްސަނދިކަމާއި، ތަނަވަސް ކަމާއި، ބާރު ގަދަ ކަމާއި، ކާމިޔާބު ފިރިހެނެއްގެ ގޮތުގައެވެ. އޭނާ އަކީ ސަފާރީ ބޯޓުތަކާއި، މުދާ އުފުލާ ބޯޓުފަހަރާއި، ކަންނެލި ދޯނިފަހަރާއި، ގެސްޓް ހައުސްތައް ގެންގުޅޭ މީހެކެވެ. މިލިޔަނުން ފައިސާ އެކައުންޓް ގައި ހުރި ހަމަ އެކަނި ދިވެހި ޓިކްޓޮކް ދަރިއެވެ. އަދި ހަމަ އެހެންމެ ޒުވާން އަންހެން ކުދިންގެ ހިތުގެ ޖާދޫއެވެ.

ޒުވާން އަމްޖޭ އަކީ މިހާތަނަށް އެންމެ ގިނަ އަންހެން ކުދިންނާއި ރައްޓެހި ވުމުގެ ރެކޯޑު އޮތް މީހާއެވެ. އެގޮތުން މިހާތަނަށް 750 އަންހެން ކުދިންނާއި ރައްޓެހިވެފައި ވެއެވެ. އެއީ އޭނާއަށް ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ފާހަގަ ކުރެއެވެ. އަދި ދުނިޔޭގައި ބޭނުންވާނީ ފައިސާ އާއި އަންހެން ކުދިން ކަމަށް އަމްޖޭ އަބަދުވެސް ވަކާލާތު ކުރެއެވެ. ބައެއް ލައިވްތަކުގައި އަމްޖޭގެ ދިވެހި ފައިސާ އެކައުންޓާއި، ޑޮލަރު އެކައުންޓް ބެލެންސް ދައްކާލާފައި ވެއެވެ. މިއީ ޢާންމުކޮށް އެހެން އެއްވެސް ޓިކްޓޮކް ތަރިއެއް ކުރާ ކަމެއް ނޫނެވެ. އެއީ އަންހެން ކުދިން އެހާ ގަޔާވާ ސަބަބެއް ކަމުގައި ވެދާނެއެވެ.

Advertisement

ޓިކްޓޮކް އަމްޖޭ އަކީ އާދައިގެ މީހެއް ނޫނެވެ. އޭނާ އަކީ ވަރަށް ބިރު ކުޑަ ހިތްވަރު ގަދަ މީހެކެވެ. މިހާތަނަށް އޭނާ އާއި ދިމާކޮށްލި ކޮންމެ މީހެއް ވަނީ ސައިޒްކޮށްލާފައެވެ. އަދި ދެވަނަ ފަހަރަކަށް އޭނާ އާއި ގާތް ވާން ނުކެރޭ ވަރު ކޮށްލާފައެވެ. ޓިކްޓޮކް ލައިވްތަކުގައި މީހުން ރަކިކޮށް ކުޑަ ކޮށްލުމުގައި އަމްޖޭ އަކީ ރާއްޖޭގެ އެއް ވަނަ އެވެ.

މަލާމާތާއި ފުރައްސާ ކުރާ ފަރާތްތަކަށް އަމްޖޭގެ ރައްދަކީ އެމީހުން ކިތަންމެ ވަރަކަށް ދިމާކުރިޔަސް އަމްޖޭ އާއި ހިސާބަށް އައުމަށް އަދި 100 އަހަރު ނަގާނެ ކަމަށެވެ. ވީމާ އެއީ އެއްވެސް މީހަކަށް ވާނެ ކަމެއް ނޫނެވެ. އަމްޖޭ އަކީ ފިސާރި ފިރިހެނެކެވެ. ނުކުޅެވޭނެ، ނުތޮޅެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

A Amjeyge Appa
Mila uthuruge editarah hama saabas...Alhe hama mi raajjeyga mihingaa eki eki kankamaai medhu vaakamakah vess nahadha, thanakun moyaaku ulhey goi thiya noohun gennan foari huri varu dho.antharees vejje.
Is a news or mocking
އިށްސާނާޔަކީ ޒުވާކަމުގެފައިދާ ހޯދަން ނޭގުނުނަމަ ދުނިޔެ އާއި އާޚިރަތުގައި ހިއްދަތިކަމުގެ ޓިކުޓޮކު ގައ ޚަރަގުވެދާނެ ވިސްނައިގެށް ކުރިޔައްދޭ ލޯބިވާނީ ފައިސާދެކެއެވެ މިލިޔަޔަނުށް ހުރި ފައި މިލިޔަނުގެ ހެޔޮކަމަށް ހަދާށެވެ ނަސޭހައް؛؛؛ބޯދާބަހެކޭ ގޯހެކެމަކޮޔާ ނުހިތާދނުގިތާދޭ ހޯދާނުބަލާކަމަކުތެރައްބޯނުމަހާދޭ::ނަސޭހަތެއް؛؛
އ އެމްޕީ ރާޑޯ
ފޯކައިދޫގައި އަސްލުވެސް ތިބޭނީ ތިކަހަލަ ބޮޓުން.
H Hadhihya
Thiya baarai faisa ves maru thibaya bahdhal kurumakah huraheh neylheyne, faisha aai anhenun nakee thima eyge beynun hifaa gothehge mathin thimayah huri fithunaeh,, biruvethi vey,,, kahvalhuga thiya tik tok thakeh nukulheveyne,,
K Koobe bro furom tiktok
Tiktok king dhw😁
ހ ހަބީބާ
މި ގަރުނުގައި ވެސް ކިޔުން އެންމެ ބޭކާރު ލިޔުން
ކ ކެްއްސަބެ
ތިނޫހުން ދުއްވާލި ބޭކާރު ވަގުތެއް
K Kheeraage
Foakaidhoo meehun kiyaanii kos Ali