މިލައުތުރު ހޭންޑްބޯޅަ މުބާރާތް: ސެމީ ފައިނަލްގެ ދެވަނަ މެޗް ކާމިޔާބުކޮށް ޑިފެންޑިންގ ޗެމްޕިއަން ފޭދޫ ހޭންޑްބޯޅަ ކުލަބު އަނެއްކާ ވެސް ފައިނަލަށް!

މިލައުތުރު | 11 ނޮވެމްބަރ 2024 | ކުޅިވަރު

މިއަދު ހަވީދު ށ. ކޮމަންޑޫ ދަނޑުގައި ކުޅުނު ސެމީ ފައިނަލް މެޗްގައި ބައްދަލުކުރީ ބިލެތްފަހީ ހޭންޑްބޯޅަ ކުލަބާ މުބާރާތުގެ ޑިފެންޑިންގ ޗެމްޕިއަން ޓީމްކަމަށްވާ ފޭދޫ ހޭންޑްބޯޅަ ކުލަބެވެ.

މި މެޗް ފޭދޫ ހޭންޑްބޯޅަ ކުލަބުން ކާމިޔާބުކުރީ 39 – 16 ލަނޑުގެ ބޮޑު ތަފާތަކުންނެވެ. ފޭދޫ ފާހަގަކުރެވެނީ ށ. އަތޮޅުގައި ހޭންޑްބޯޅައިގެ ބޮޑު ބާރެއްގެ ގޮތުގައެވެ.

Advertisement

މިލައުތުރު ފުރަތަމަ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަމަށްވާ ފޭދޫ އިން މި މުބާރާތުގައި ވެސް މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 13 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި ފޯކައިދޫ ރަސްމީ ކުޅިވަރު ސްޓޭޑިއަމްގައެވެ. މި މެޗުގައި ފޭދޫ ވާދަކުރާނީ މި މުބާރާތުން ވިދާލި ފޯކައިދޫގެ ޒުވާން ހޭންޑްބޯޅަ ކުލަބާއެެވެ.

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.