މަޖިލިސްގައި ކޮމަންޑޫ ދާއިރާ ތަމްސީލު ނުވާތީ ރައްޔިތުން މާޔޫސްވެ، ޝަކުވާތައް އިންތިހާއަށް އިތުުރު ވެއްޖެ.

މިލައުތުރު | 24 ނޮވެމްބަރ 2024 | ސިޔާސީ

ކޮމަންޑޫ ދާއިރާގެ މުޅި ތާރީޚުގައި ވެސް ކޮމަންޑޫ ދާއިރާގެ އަޑު އެއްވެސް ގޮތަކަށް މަޖިލިސްގައި ނީވިދާ މިއީ ފުރަތަމަ ފަހަރުކަމަށާއި، މިހާތަނަށް އެއްވެސް ކުއްލި މައްސަލައެއް، ޤަރާރެއް ނުވަތަ ބިލަކަަށް ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އޮޅިގެންވެސް ބަހެއް ވިދާޅުވެފައެއް ނުވެއެވެ.

ދައުލަތުގެ ބަޖެޓުގެ ބަހުސް މަރުޙަލާގައި ވެސް ކޮމަންޑޫ ދާއިރާގެ ކަންބޮޑުވުމެއް، ހުށަހެޅުމެއް ފެނިފައިނުވާތާ ބަހުސްގައި ހޭކިލާފައިވެސް ނުވާތީ ދާއިރާގެ ރައްޔިތުން ގެންދަނީ ސޯޝަލް މީޑިޔާގައި އެކަމުގެ ކަންބޮޑުވުމުގެ ޝުޢޫރުތައް ޙިއްސާކުރަމުންނެވެ.

Advertisement

މީގެ ކުރީގައި ކޮމަންޑޫ ދާއިރާއަކީ މަޖިލިސްގައި ފާހަގަކޮށްލެވޭ މިންވަރަކަށް ޙަރަކާތްތެރި ދާއިރާއެކެވެ. އެހެން ނަމަވެސް މިއަދު ޙާލަތު މުޅިން ބަދަލުވެއްޖެ ކަމަށާއި، ރައްޔިތުން މާޔޫސްވެ ލަދުވެތިވާން ޖެހިއްޖެ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލިސް މެންބަރުކަމަށް ހަމަ މީހަކު އިންތިޚާބުކުރިޔަސް ދާއިރާ ތަމްސީލުނުކުރެވޭނެކަން މިއަދު ކަށަވަރު ވެއްޖެކަމަށާއި، މިފަހަރު އެޅުނީ ވަރަށް ބޮޑު ޅައެއްޗެއް ކަމަށެވެ. ތަޢުލީމީ ޒުވާނުން ގިނަ ދާއިރާއެއްގައި މިފަދަ ނިކަމެތިކަމެއް ފެންނަމުންދާކަމީ ވެސް ދެރަކަމެއް ކަމަށެވެ.

Advertisement

20 ވަނަ ރައްޔިތުންގެ މަޖިލިސްގައި ކޮމަންޑޫ ދާއިރާގެ މެންބަރުކަން ކުރައްވަނީ ޕީއެންސީގެ މެންބަރު މުޙައްމަދު އިބްރާހީމް ( ތެޔޮ މުޙައްމަދު) އެވެ. އެބޭފުޅާ ފާހަގަކުރެވެނީ ވާހަކަދެއްކުންތެރިކަމެއް ނެތް، ޕޯޑިއަމް ދެކެ ބިރުގަންނަ ބޭފުޅެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.