ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތަކާއެކު މިލަންދޫ ކައުންސިލް ކަޕް-2025 ފަށައިފި.

މިލައުތުރު | 1 އޭޕްރީލް 2025 | ކުޅިވަރު

ހަވާއެރުވުމުގެ އިތުރުން ތަފާތު އައިޓަމްތައް ހިމެނޭ ކުލަގަދަ ރަސްމިއްޔާތަކާއެކު މިލަންދޫ ކައުންސިލް ކަޕް 2025 މިރޭ ފަށައިފިއެވެ.

މިރޭ އޮތް ހުޅުވުމުގެ ރަސްމިއްޔާތުގައި ތަފާތު އައިޓަމްތައް ހުށަހެޅުމުގެ އިތުރުން ހަވާއެރުވުން އޮތީތީ އަތޮޅުގެ އެހެން ރަށް ރަށުން ގިނަ އަދަދެއްގެ މީހުން މިލަންދޫއަށް ޒިޔާރަތް ކުރިއެވެ.

Advertisement

ޖުމްލަ 7 ޓީމް ވާދަކުރާ ފުޓްސަލް މުބާރާތުގައި ރާއްޖޭގެ ނަން މަޝްހޫރު ހުރިހާ ފުޓްސަލް ތަރިންކަހަލަ ގޮތަކަށް ބައިވެރިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިއީ މިލަންދޫ ކައުންސިލުން އިންތިޒާމުކުރާ އަދި އެކައުންސިލުން ޚަރަދުކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދާ ފުޓްސަލް މުބާރާތެކެވެ.

ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު، މިރޭ ވެސް ތިން މެޗުގެ ކުޅުން ކުރިއަށް ގެންގޮސްފައިވާ ކަމަށް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.