މެންބަރު ފަރީދުގެ ފުރައްސާރައާ ހެދި ފޯކައިދޫ ކައުންސިލްގެ އިދާރީ މުވަައްޒަފުން އޮފީހަށް ނިކުތުން ހުއްޓާލައިފި.

މިލައުތުރު | 8 ސެޕްޓެމްބަރ 2025 | ޚަބަރު
3

ފޯކައިދޫ ކައުންސިލްގެ މެންބަރަކު އިދާރީ މުވައްޒަފުންނަށް ފުރައްސާރަކޮށް ހަަޑިހުތުރުބަހުން އެއްޗެހިގޮވާ ހަދާތީ އެކައުންސިލްގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުން ވަޒީފާއަށް ނިކުތުން ހުއްޓާލައިފިއެވެ. އަދި ކައުންސިލުން ފޯރުކޮށްދޭ އިދާރީ ޚިދުމަތްތައް ފޯރުކޮށްދިނުން ވަނީ ހުއްޓިފައެވެ.

ކައުންސިލް މެންބަރު ޙުސައިން ފަރީދުގެ ފުރައްސާރަ އާއި ހަތިހުތުރު ބަސްތަކާ ހެދި މަސައްކަތްކުރުމަށް ރައްކާތެރި މާޙައުލެއް ނެތްކަމަށް ބުނެ އިދާރީ މުވައްޒަފުން މަސައްކަތަށް ނިކުތުން ހުއްޓާލިތާ މިއަދަށް ތިން ދުވަސް ވެއްޖެ އެވެ. އެމީހުން މަސައްކަތް ހުއްޓާލުމުގެ ކުރިން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް ސިޓީއެއް ފޮނުވާފައި ވެއެވެ. އެ ސިޓީގައި އެދިފައިވަނީ އެމީހުންނަށް މަސައްކަތްކުރުމަށް ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމުން މަސައްކަތަށް ރުޖޫއަވާނެ ކަމަށެވެ.

Advertisement

މި މައްސަލައާ ގުޅިގެން ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިއަދު ހެނދު ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ، ކައުންސިލް މެންބަރަށް ނަޞޭޙަތްތެރި ވުމަށާއި، މުވައްޒަފުންގެ ފަރާތުން މާފަށް އެދުމަށް އެންގުމަށެވެ. ކައުންސިލްގެ ނިންމުމާއި އެއްގޮތަށް ކައުންސިލް މެންބަރު ފަރީދުއަށް ވަނީ ނަޞޭޙަތްތެރި ވެފައެވެ. ނަމަވެސް، ފުރައްސާރަކުރުން ހުއްޓާލުމަށް އެއްބަސް ވިޔަސް، މާފަށް އެދުމަށް ވަނީ ދެކޮޅު ހަދާފައެވެ. އެހެންކަމުން ކައުންސިލުން ނިންމާފައިވަނީ އެ މައްސަލައިގެ ތަފްޞީލާއެކު ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހެޅުމަށެވެ.

ކައުންސިލް މެންބަރު ހުސައިން ފަރީދު އަކީ ކުރިން އެމްޑީޕީގައި މަސައްކަތްކުރެއްވި ނަަމަވެސް މިހާރު ވެރިކަންކުރާ ޕާޓީ ޕީއެންސީއާ އެކު ސިޔާސީ މަސައްކަތްކުރައްވާ ފޯކައިދޫ ކައުންސިލްގައި ހުންނެވި ހަމައެކަނި މެންބަރެވެ.

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

M Masvas
Mas vas haadha eba dhuvaey
އ އަބްދޯ
ބޭރުކުރޭ، ހައްޔަރުކުރޭ! ކައްޒާބު ސަރުކާރަށް ތާއީދުކުރާނީ މުޅިން ވެސް ތީގެ މީހުން.
ދ ދޮންއަލީ
ތިޔަ ފަރީދަކީ ކައުންސިލްގައި އެއްވެސް ކަމެއް ނުކޮށް އޮރިޔާން ފިލްމު ބަލަން އިންނަ ގޮލައެއް. ދެން ކުރާކަމަކީ އެކި ނަން ނަމުގައި ފޭސްބުކްގައި ވަގު އައިޑީތައް ހަދައިގެން މީހުންނާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ފެތުރުން. އޭނާ ޖިންސީ ފުރައްސާރަ ވެސް ކުރާނެ.