ހދ. ކުމުންދޫގެ ކަރާ ދަނޑުތަކަށް ރޭ ފަތިހު ބަޔަކު ވަދެ ބޮޑެތި ގެއްލުންތަކެއް ދީ ވަރަށް ބޮޑަށް ހަލާކުކޮށްލައިފި އެވެ.
ކުމުންދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ތިން ދަނޑަކަށް ގެއްލުންދީފައިވާ ކަން އެނގުނީ ފަތިސް ނަމާދަށް ފަހު ދަނޑުވެރިން ދަނޑުވެރިކަމުގެ މަސައްކަތަށް ދަނޑަށް ދިއުމުން ކަމަށެވެ. އެ ރަށުގެ ދަނޑުވެރިން އާންމުކޮށް އަބަދުވެސް ދަނޑަށް ދާނީ ފަތިސް ނަމާދަށް ފަހުގައި ކަމަށާއި، ގެއްލުންތައް ދީފައި ހުރިކަން އެނގުމުން ވަރަށް ދެރަވެއްޖެ ކަމަށެވެ.
ތިން ދަނޑަކީ ވެސް ކަރަ އާއި ބައްޓާއި ކިއުކަމްބާ އާއި މެލަން އަދި ލެޓިއުސް ކަހަލަ އަގު ބޮޑެތި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހައްދާފައިހުރި ދަނޑުތަކެކެވެ. އެންމެ ބޮޑަށް ގެއްލުން ދީފައިވަނީ ކަރާ ދަނޑުތަކަށެވެ. އެގޮތުން ފަޅާ ޗިސްކޮށް މުޅި ދަނޑަށް އުކާފައިހުރި ކަރާތައް ތިން ހަތަރު ބަރޯއިން ވެސް އުކައިނުލެވުނެވެ.

ކިޔުންތެރިންގެ ހިޔާލު