އެމްޕީ އައިބީ އާއި މިނިސްޓަރ އިހުސާނަށް މިއަދުގެ އިމްތިހާނުން ލިބުނީ ޔޫ ރިޕޯޓެއް!

މިލައުތުރު | 25 އޮކްޓޯބަރ 2025 | ސިޔާސީ

އައްޑޫ ރިފަރެންޑަމްގެ ވަގުތީ ނަތީޖާ ދައްކާގޮތުން ފޭދޫގެ ރައްޔިތުން ނިންނީ ސިޓީ ކައުންސިލުން ވަކި ނުވާށެވެ. އެހެންކަމުން އައިބީ އާއި މިނިސްޓަރ އިހުސާނަށް މިއަދު ލިބުނީ ސިޔާސީ ގޮތުން ޔޫ ރިޕޯޓެއް ކަމަށް މީހުން ބުނެއެވެ.

ފޭދޫގެ ނަތީޖާއަށް ބަލާއިރު، ވަކި ކައުންސިލް ހަދަން ފެންނަ ކަމަށް ވޯޓުދިނީ 615 މީހުންނެވެ. އެހެން ނަމަވެސް ނުފެންނަ ކަމަށް 1،782 މީހުން ވޯޓުދީފައި ވެއެވެ.

ދެން ހުރި ރަށްތަކުގެ ނަތީޖާތަކަށް ބަލާއިރު، ވަކި ކައުންސިލް ހަދަން ފެންނަ މީހުން ވަނީ އަޣުލަބިއްޔަތު ހޯދާފައެވެ.

ހުޅުދޫ:

ވަކި ކައުންސިލް ހަދަން ފެންނަ: 720 ވޯޓް

ނުފެންނަ: 325 ވޯޓް

މީދޫ:

ވަކި ކައުންސިލް ހަދަން ފެންނަ: 841 ވޯޓް

ނުފެންނަ: 144 ވޯޓް

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.