2023 ވަނަ އަހަރު 2 ބިލިޔަނަށް ވުރެ ބޮޑު އަދަދަކުން ފައިދާވި ދައުލަތުގެ ކުންފުންޏެއް ކަމަށްވާ އެޗްޑީސީއަށް ވޭތުވެދިޔަ އަހަރު 109 މިލިޔަން ރުފިޔާ ގެއްލުމެއް އިޢުލާން ކުރުމުން ގިނަ ބަޔަކަށް ބޮޑު ޝޮކެއް ލިބިއްޖެ އެވެ.
ދައުލަތަށް ނަފާވާ ކުންފުންޏެއްގެ ގޮތުގައި އޮތް އެންމެ ރަނގަޅު އެއް ކުންފުންޏަށް މިހާ ބޮޑު އަދަދަކުން ގެއްލުންވުމަކީ ހިންގުމުގެ ފެންވަރު ދަށްވުމާއި ކޮރަޕްޝަންގެ ސަބަބުން މެނޫނީ ނުވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
އަނެއްކޮޅުން ކުންފުނި މާލީ ގޮތުން ދަށްވެފައިވަނިކޮށް 18،000 ރުފިޔާގެ ބޯނަސް ދިނުމަށް މިހާރު ވަނީ ކުންފުނީގެ ބޯޑުން ނިންމާފައި ކަމުގެ މަޢުލޫމާތެއް ދަނީ ފެތުރެމުންނެވެ.
ދައުލަތެއްގެ އިދާރީ ހިންގުން މިހާ ބޮޑަށް ބޮއްސުންލައިގެން ދިއުމަކީ ޤައުމަށް ބޮޑު ނުރައްކަލަކާ ކުރިމަތިވެދާނެ ކަމެކެވެ. ޤައުމުގެ އިޤްތިޞާދީ ދުވެއްޔާއި މާލީ ތަނަވަސްކަން ގެއްލި، ބަނގުރޫޓު ވެދާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު