
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ ޓީމް
މިހާރު ވެސް އެމްޑީޕީގެ ކައުންސިލެއް އޮތް ށ. ފޯކައިދޫ އިން 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރާ ޓީމު މިއަދު އިޢުލާން ކޮށްފި އެވެ.
ށ. އަތޮޅުގެ އާބާދީ ބޮޑު ރަށްތަކުގެ ތެރެއިން ށ. ފޯކައިދޫ އަކީ ޒަމާނުއްސުރެން އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރަށެކެވެ. އެހެންކަމުން އެއީ އެމްޑީޕީގެ ސްޓްރޯންގް ހޯލްޑެއްގެ ގޮތުގައި އޮންނަނީ ލޭބަލް ވެފައެވެ. އަދި ފޯކައިދޫ ޕީއެންސީ ފާހަގަކުރެވެނީ އުފެއްދުންތެރި ޚިޔާލެއްނެތް މަދު ބައެއްގެ ނުފޫޒާ ބާރުން ކަންކަން ކުރުމަށް މަސައްކަތްކުރާ ހަރުދަނާކަމެއް ނެތް ބައެއްގެ ގޮތުގައެވެ.
ޕީއެންސީ ކެންޑިޑޭޓުންގެ ނަންތައް އިޢުލާންކޮށް، ކެމްޕެއިން ފެށުމަށް ފަހު، އެމީހުންނަށް އެންމެ ކަންބޮޑުވާ ކަމަކަށްވީ އެމްޑީޕީން ވާދަކުރާނީ ކޮންބައެއްކަން ނޭނގުމެވެ. އަދި އެމީހުން ބުނަމުން ގެންދިޔައީ ރަނގަޅަށް ކެމްޕެއިންކުރަން ފެށޭނީ އިދިކޮޅު އެމްޑީޕީން ނެރޭ ކެންޑިޑޭޓުންނަކީ ކޮން ބައެއްކަން އެނގިގެން ކަމަށެވެ. މިއަދު ފޯކައިދޫ އެމްޑީޕީން މިވަނީ ވަރަށް ފުރިހަމައަށް ޖަވާބުދީފައެވެ. އަދި ފޯކައިދޫގެ ތާރީޚުގައި ވެސް ނެރޭ އެންމެ ވަރުގަދަ ޓީމްގެ ގޮތުގައި ޓީމެއް އިޢުލާން ކޮށްފައެވެ.
މާތް ﷲ ގެ ވާގިފުޅާއި އެކު، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އަދި އ.ތ.މ.ކ ކޮމެޓީގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ފޯކައިދޫގެ ގޮނޑިތަކަށް ވާދަކުރާ ޓީމު އިޢުލާނުކުރަމެވެ.
ފާއިތުވެދިޔަ ދިގުމާޒީގައި ފޯކައިދުއަށް ތަރައްޤީގެ ރޮނގުން ގެނެވުނު ހުރިހާ ކުރިއެރުމެއް ގެނެވިފައިވަނީ އެމްޑީޕީގެ ލީޑާޝިޕެއް ބާރުގައި އޮންނަ ހާލަތުގައި އެކަނިކަމީ ރަށުގެ ރައްޔިތުން ހެކިވާނެ ހަގީގަތެކެވެ. އަޅުގަނޑުމެން މި ނިކުންނަނީ ފޯކައިދޫގެ ތަރައްޤީއަށް އެމްޑީޕީން ވިލަރެސްކޮށްފައިވާ ތަރައްޤީގެ ނޫ ބަހާރަކަށް ފޯކައިދޫގެ ރައްޔިތުން ގެންގޮސްދިނުމުގެ އަޒުމުގައެވެ. އަދި ދުރޫސުލް އަޚްލާޤާއި އެކު ތަރުބިއްޔަތު ކުރެވިފައިވާ ޖީލެއް ބިނާކޮށް އިޤްތިޞާދީގޮތުން ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމުގެ މަތިވެރި ނިޔަތުގައެވެ. އަޅުގަނޑުމެންގެ ޓީމުގައި ތިބީ މުރާލި ، ހިތްހެޔޮ , އޯގާތެރި އަދި ރަށުގެ ތަރައްޤީގެ ކަންކަމުގައި އަބަދުވެސް އިސްނަގައި ނަމޫނާ ދައްކާފައިވާ ޤާބިލް މޫނުތަކެކެވެ.
އަޅުގަނޑުމެން އެދެނީ ފޯކައިދޫގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންގެ މި ޓީމަށް އިޚްލާސްތެރިކަމާއިއެކު ތާޢީދު ކޮށްދެއްވާ،ތިޔަ ބޭފުޅުންނަށްޓަކައި އޯގާތެރި ވެރިކަމެއް ކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމެވެ. މާތް ﷲ އަޅުގަނޑުމެންގެ މި ދަތުރުގައި ބަރަކާތްލައްވައި ކާމިޔާބުގެ މަގަށް މަގު ފަހިކޮށްދެއްވާށިއެވެ.! آمين
ފޯކައިދޫ އެމްޑީޕީން ނެރެފައިވާ ވަރަށް ފުރިހަމަ އަދި ތަފްޞީލީ ބަޔާނުގައިވާ ގޮތުން އެމީހުންގެ ޓީމާއި އެ ޓީމުގެ ތަސައްވަރު އޮތީ ވަރަށް ފުރިހަމައަށް ކުރަހާލާފައެވެ. އަދި އެއީ ފޯކައިދޫގެ ރައްޔިތުން އެދޭ ގޮތަށް ކައުންސިލް ހިންގޭނެ ޤާބިލުކަން ހުރި ޓީމެއްކަން ޝައްކެއްނެތް މިންވަރަށް ޔަޤީންކޮށްދީފައެވެ.
ކިޔުންތެރިންގެ ހިޔާލު