އުމުރުން ދުވަސްވީ މީހުން ކަސްރަތަށް ހިނގާ ސަރަޙައްދުގައި ހުއްދަނެތި ފޯކައިދޫ ޕީއެންސީން ޖަގަހަ އަޅައިފި.

މިލައުތުރު | 31 ޖެނުއަރީ 2026 | ސިޔާސީ
1

ށ. ފޯކައިދޫގައި އުމުރުން ދުވަސްވީ މީހުން ކަސްރަތަށް ހިނގާލުމަށާއި، ހަވީރު ފިންޏަށް މަޑުކޮށްލާ ސަރަޙައްދުގައި ޕީއެންސީގެ ކެމްޕެއިން ޖަގަހަ އަޅަން ފަށައިފި އެވެ.

ވެރިކަންކުރާ ޕީއެންސީން ކެމްޕެއިން ޖަގަހަ އެޅުމަށްޓަކައި މިހާރު އެ ސަރަޙައްދުވަނީ ވަށައިގެން ދިދަ ޖަހާ ބަންދު ކޮށްފައެވެ. އެހެން ނަމަވެސް ޕީއެންސީގެ އެއްވެސް ދިދައެއް ފެންނާކަށް ނެތެވެ. އެމީހުން ބޭނުންކޮށްފައިވަނީ ފެއްސާ ރަތާ ހުދު ކުލައިގެ ދިދަތަކެވެ.

ފޯކައިދޫ ކައުންސިލުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެފަދަ ކަމަކަށް އެ ބިން ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅައިފައެއް ނުވެއެވެ. ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމަށާއި، ސަރުކާރު ތަމްސީލުކުރާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ވަކާލާތުކުރާ ބައެއްގެ ފަރާތުން މިފަދަ ޢަމަލެއް ފެނުމުން އާންމުންގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.

ދެލިއޮޅި ބީޗް ސަރަޙައްދަކީ މީހުން މަޑުކޮށްލުމަށް ކުޑަތަކާއި، ގޮނޑި ޖަހާފައި އޮތް ހަމަ އެކަނި ތަންކޮޅު ކަމަށް ވާތީ އާއި، އެ ސަރަޙައްދަށް އެެހެން އެއްވެސް ބަޔަކަށް ނުވަދެވޭ ގޮތަށް ބަންދު ކުރުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ބައެއް މީހުން ބުނެއެވެ. އަދި ބައެއް ޕީއެންސީގެ ސަޕޯޓަރުން ވެސް މިކަމަށް އިންކާރު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޝ ޝަހީ
ނިމިދިޔަ މަޖްލީސް އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު، އެމް.ޑީ.ޕީ އިން ކެމްޕެއިން ހަރުގެ އަކަށް ބޭނުންކުރީ އުސްފަސްގަނޑު. އެތަނަކީ އާއިލާތަކަށް މަޑުކޮށްލެވޭގޮތަށް މައިޒާން ހަދާފައިވާ ހަމައެކަނި ތަނަކީ. ނިމުނު ރަމަޟާން މަހު އެތަނުގައި ލައްކަ ވާހަކަ ހުރި، އެދުވަހުގެ ރޯދައިގެ ސަވާބު އެތަނަކަށް ބަންޑުންކުރި ތަނަކީ އުސްފަސްގަނޑު.