
މި އަހަރުގެ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ށ.ގޮއިދޫގެ ދަނޑުވެރިން ތަފާތު ބާވަތްތަކުގެ މޭވާއާއި ތަރުކާރީ އާއު ފަތްޕިލާވެލީގެ ގިނަ ބާވަތްތައް އުފައްދައިފިއެވެ.
ގޮއިދޫގައި އުފައްދާފައިވާ ބާވަތްތައް މާލެއާއި އަތޮޅުތެރެއާއި ކައިރީ ރަށްރަށާއި ކުޅުދުއްފުށީ މާކެޓުގައި ލިބެން އެބަހުއްޓެވެ. ދަނޑުވެރިންނަށް ބޭނުންވާ ކަންކަން މަގުފަހިކޮށްދިނުމުގައި ކައުންސިލުގެ ދައުރު ބޮޑުކަން ފާހަކުރެވެއެވެ. އެގޮތުން ގެރިގުޔާއި، ޔުނިގްރޯ ހެޔޮ އަގުގައި ރަށު ޖެޓީ އާއި ހަމައަށް ގެނެސްދެވިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
އަދި ކުޅުދުއްފުށީ ހޮނިހިރު ބާޒާރަށް ދަނޑުވެރިންގެ އުފެއްދުންތައް ހިލޭ ގެންދެވޭނެ ގޮތް ހަމަޖައްސައި ދިނުމާއި، ދަނޑުވެރިކަމާބެހޭ މިނިސްޓްރީ އާއި، އެން.ޕީ.އެލް އާއި، ގޮއިދޫ ކައުންސިލް ގުޅިގެން މާލޭ މާކެޓަށް ދަނޑުވެރިންގެ އުފެއްދުންތައް ގެންގޮސް ވިއްކައިދީފައި ވެއެވެ.
އަދި މީގެ އިތުރުން ވަކިން ޚާއްސަކޮށް ކަރާ ދަނޑުތަކުގައި އުފެދޭ ފަނިފަކުސާ ކޮންޓްރޯލު ކުރުމަށް ބަޔޯ ޕެސްޓިސައިޑް ދަނޑު ހައްދާ މުޅި ސަރަަހައްދަށް ސްޕްރޭ ކުރުމަކީ ވެސް ކައުންސިލުން ކޮށްދީފައިވާ ކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު