އެމްޑީޕީގެ ޗެއާޕާސަން ކަމަށް މީހަކު އިންތިޚާބު ކުރުމުގެ މީކާއީލް ނަސީމްގެ ކެމްޕެއިން ޖަލްސާއެއްގައި އާންމު މެންބަރުން ޖަޒުބާތުކުރުވަނިވި ވާހަކަތަކެއް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ދައްކަވައިފި އެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) އަށް ފުރައްސާރަވާ ގޮތަކަށް ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ، މިއީ ރައީސް ނަޝީދު ވާދަކުރައްވަން ޖެހޭ އިންތިޚާބެއް ނޫން ކަމަށެވެ. އަދި ތިމާއަކީ އެންމެ ބޮޅު މީހާކަމުގައި ހީވެގެން އުޅުއްވަނީ ކަމަށެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނަގާލީ ރައީސް ނަޝީދު ކަމަށް ތުހުމަތު ކުރައްވަމުންނެވެ.
ޒުވާނުންނަށް ފުރުސަތު ދިނުމަށް ގޮވާލައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވާހަކަފުޅު ދެއްކެވި އިރު، ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ ގޮނޑީގައި އެމަނިކުފާނު އިންނެވީ ކިތައްް ދައުރުކަމެއް ހަނދުމަފުޅެއް ނެތެވެ. އެ ދާއިރާގެ ޒުވާނަކަށް ފުރުސަތު ދެއްވުމަށް އެންމެ ފަހަރަކު ވެސް ފަހަތައް ޖެހިވަޑައިގެންފައެއް ނުވެއެވެ. 25 އަހަރު ހޭދަކުރެއްވުމަށް ފަހު، ރައީސްކަން ލިބިވަޑައިގަތުމުން ވެސް ދެވަނަ ދައުރެއް ހޯއްދެވުމަށް ވާދަކުރެއްވި އެވެ. ނަސީބު ކަންދިމާކުރި ގޮތުން އެ ފުރުސަތު ނުލިބުނީ އެވެ.
މިހާރު އެމްޑީޕީގެ އާންމު މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިފަަހަރު އަނެއްކާ ރައީސް ސޯލިހަށް އެމްޑީޕީ ރޫޅާލުމުގެ ފުރުސަތު ލިބިދާނެތީ އެވެ. ފަހަރަކު ލީޑަރަކު ރޫޅާލަން އޮތް ކަށިކެޔޮގަނޑަކަށް އެމްޑީޕީ ވެދާނެތީ އެވެ. އަދި 2028 ވެސް ގެއްލިދާނެތީ އެވެ.
ކިޔުންތެރިންގެ ހިޔާލު