ޑިފެންޑިން ޗެމްޕިއަން ބަލިކޮށް ށ. ފުނަދޫ މަންޑި ޗެލެންޖު 1447 ގެ ޗެމްޕިއަންކަން ކޮހޯސް ކާމިޔާބު ކޮށްފި އެވެ.

ވޭތުވެދިޔަ 4 އަހަރުގެ ޗެމްޕިއަން ކަމަށްވާ އަރުމަތާ (މިއަހަރު ހޮރުމޯޒްގެ ނަމުގައި) ކުޅުނު ޓީމް ބަލިކޮށް ޗެމްޕިއަންކަމުގެ ތަށި އުފުލާލީ ކޮހޯސްއެވެ. އުތުރުގެ ޗެންޕިއަން ޓީމް ބަލިކޮށް ކޮހޯސް މި ހޯދީ ތާރީޚީ ކާމިޔާބެކެވެ. ހޮރުމޯޒް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އަދި އެމީހުންގެ ޕްރެކްޓިސް މެޗްތައް ކުޅެފައިވަނީ ށ އަތޮޅުން ވެސް ބޭރުގައެވެ.

މި މުބާރާތުގައި ޖުމްލަ 5 ޓީމު ވާދަކޮށްފައި ވެއެވެ. އަދި ގްރޫޕް ސްޓޭޖުގައި އެންމެ ފުލުގައި އޮތް ޓީމް ކަމަށްވާ ކޮހޯސް ފައިނަލުގައި ކުޅުމުގެ ފުރުސަތު ހޯދުމަށް ފަހު، ފައިނަލް މެޗުން މޮޅުވެ ޗެމްޕިއަން ހޯދީ އެންމެން ހައިރާން ކޮށްލުމަށް ފަހުގައެވެ. ޑިފެންޑިން ޗެމްޕިއަން ޓީމް ބަލިކުރުމަށް ފަހުގައެވެ.
ފުނަދޫގައި ބާއްވާ މަންޑި ޗެލެންޖަކީ ވަރަށް ވެސް ފޯރިގަދަ މުބާރާތެކެވެ. އަދި މި މުބާރާތައް ލިބޭ ތަރުހީބު އަންނަނީ އަހަރުން އަހަރަށް ބޮޑުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު