ހޮލިސްޓިކް ހިޖާމާއިން ށ. މިލަންދޫގައި ހިޖާމާ ސެޝަންތަކެއް ބާއްވަނީ..

މިލައުތުރު | 4 ޖޫން 2026 | ވިޔަފާރި

ގިނަބައެއްގެ އިތުބާރު ލިބިފައިވާ ހޮލިސްޓިކް ހިޖާމާއިން މި މަހުގެ 7 ކުން 13 އަށް ށ. މިލަންދޫގައި ވަރަށް ހާއްސަ ހިޖާމާ ސެޝަންތަކެއް ކުރިޔަށްގެންދަން ނިންމައިފި އެވެ.

މިހާރު ވެސް މާލޭގައި ހިންގާ މި ހިޖާމާ ކްލިނިކްގައި މަސައްކަތް ކުރަމުން އަންނަނީ މިލަންދޫއަށް ނިސްބަތްވާ ދެބެންނެވެ. އަދި މި ފަހަރު މިލަންދޫގައި ބާއްވާ ހިޖާމާ ސެޝަންތަކުގައި ކުޅިވަރަށް ޚާއްސަ ހިޖާމާ ޖެހުމަށް އެކަމުގެ ތަޖުރިބާކާރު ބޭފުޅެއް ވެސް ބައިވެރިވާނެ ކަމަށް ހޮލިސްޓިކް ހިޖާމާއިން މަޢުލޫމާތު ދެއެވެ.

ހިޖާމާއިން ފަރުވާލިބޭ ބައެއް ބަލިތަކަށް ބަލާލާއިރު ބޮލުގަރިހުން އަދި މައިގްރޭން ފަދަ އުނދަގޫތަކަށް، ފިރިހެނުންނަށް ދިމާވާ ޖިންސީބަލިތަކަށް،ދަރިމައިނުވުމުގެ މައްސަލަތަކަށް، ސައިނަސްގެ މައްސަލަތަކަށް، ގޭހުގެ މައްސަލަތަކަށް، ކަނދުރާއާއި ބުރަކަށީގެ ރިހުންތަކަށް، ކަކުލު ހުޅުގައި ރިއްސުމާއި ފައިގެ ރިހުންތަކަށް ވެސް ހިޖާމާއިން ފަރުވާލިބެއެވެ. އަދި މިނޫނަސް ތަފާތު ބަލިތަކަށް ހިޖާމާއިން ފަރުވާލިބެއެވެ.

އަންހެން ބޭފުޅުންނަށް ހިޖާމާ ޖަހާނީ ސަނަދު ލިބިފައިވާ އަންހެން ބޭކަނބަލެއް ކަމަށާއި، ފިރިހެން ބޭފުޅުންނައް ހިޖާމާ ޖަހާނީ މިކަމުގެ ސަނަދުއޮތް ފިރިހެން ބޭފުޅުން ކަމަށް އެ ކުލިނިކުން މަޢުލޫމާތު ދެއެވެ. މި މަހު 7 ގައި މި ފަށާ ހިޖާމާ ސެސަންތަކަށް ނަން ނޯޓްކުރުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.