އެމްޑީޕީ އަތްދޮށުން އަނެއްކާވެސް ޕީއެންސީ ހިތިގޮތަކަށް ބަލިވެއްޖެ.

މިލައުތުރު | 6 ޖޫން 2026 | ސިޔާސީ

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ)ގެ މައްޗަށް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ސޯބެ ކުރިހޯދައި އިންތިޚާބު ކާމިޔާބު ކޮށްފި އެވެ.

ލިބިފައިވާ ނުރަސްމީ ނަތީޖާތައް ދައްކާ ގޮތުން ސޯބެއަށް ވަނީ 1،375 ވޯޓު ލިބުނުއިރު، ސޮޑާއަށް ލިބުނީ 1،313 ވޯޓެވެ. އެހެންކަމުން އެ ދާއިރާގެ ގޮނޑި އޭނާއަށް މިހާރު ވަނީ ކަށަވަރުވެފަ އެވެ.

އެ ދާއިރާ އަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 4،121 އެވެ. އެއީ 2،073 އަންހެނުންނާއި 2،048 ފިރިހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.