ށ. ފޯކައިދޫ ޕީއެންސީގެ ސްޓިއަރިންގ ކޮމިޓީގެ ރައީސް އަޙްމަދު ޖައިލަމް އެ ޕާޓީ ދޫކޮށް އިދިކޮޅު އެމްޑީޕީއަށް އައުމަކީ އޭނާ ސިޔާސީ ގޮތުން ނިންމި ވަަރަށް މޮޅު ނިންމުމެއް ކަމަށް މީހުން ބުނަންފަށައިފި އެވެ.
އޭނާ އެމްޑީޕީއަށް ބަދަލުވި ކޮޅުމަކީ ޕީއެންސީގެ ބައެއް ސަޕޯޓަރުންގެ ނުރުހުމާއި މަލާމާތް ލިބުނު ނަމަވެސް، މިހާރު އޭނާގެ ނިންމުމަށް އެންމެން ވެސް ކުރަނީ ތައުރީފުކަމަށް ވެއެވެ. ފޯކައިދޫ ޕީއެންސީގެ ހުރިހާ ސިއްރުތަކާއެކު އިދިކޮޅު އެމްޑީޕީއަށް އައީ އެންމެ ނާޒުކު ދަނޑިވަޅު ބަލާފައެވެ. އެހެންކަމުން ސިޔާސީ ގޮތުން ޖައިލަމަކީ މޮޅު މާލިމީއެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި މިވަތު ފޯކައިދޫ ޕީއެންސީ އޮތީ ވަރަށް ބޮޑަށް އަރިއަޅާލާފައެވެ. ހަމަ ކޮންމެ ވަގުތެއްގައި ވެސް ވެއްޓި، ބާރުތައް ބެހިގެންދާ ފަދަ ޙާލަތެއްގައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުން ލިބުނު ނާކާމިޔާބީއާ އެކު މާޔޫސްވެފައި ތިބި ޕީއެންސީގެ ސަޕޯޓަރުންގެ ޝަކުވާތައް ވަނީ ފުނިޖެހިފައެވެ. ލީޑަރޝިޕް އޮތީ ވައި ހުސްވެފައި އޮތް ގިރުނބައަކަށް ވެފައެވެ. ސަރުކާރު އޮތް ނަމަވެސް އެއްވެސް ހަރަކާތެއް ނެތެވެ. އާއްމު މެންބަރުންގެ ހިތްނުތަވަސްކަމާއި، ޝަކުވާތައް ވަނީ ފުނިޖެހިފައެވެ. އަދި ލީޑަރުން ތިބީ ޖައިލަމް ފަޅާލަފާނެ އެއްޗަކަށް ފާރަލުމުގައި މުޅި ދުވަސް ބިޒީވެފައެވެ.

ކިޔުންތެރިންގެ ހިޔާލު