ސްޓެލްކޯއިން މ. ރަތްމަންދޫއަށް ގެންދިޔަ ތެޔޮ ޓޭންކްތައް މަގުމެދަށް ދޫކޮށްލާފައި.

މިލައުތުރު | 24 ޖުލައި 2026 | ޚަބަރު

ސްޓެލްކޯއިން މ. ރަތްމަންދޫ އިންޖީނުގެއަށް ގެންދިޔަ ތެޔޮ އަޅާ ދެ ޓޭންކް މަގުމެދަށް ދޫކޮށްލާފައި ހުންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އެ ޓޭންކްތައް މަގުމެދުގައި ހުންނާތީ ބަގީ ދުއްވާ މީހުންނަށް ނުހަނު އުނދަގޫ ވެއެވެ. އެހެން ނަމަވެސް މި ޝަކުވާތައް އަޑުއަހާނެ ފަރާތެއް ނެތެވެ. މިއީ ރަށު ކައުންސިލުން އަމިއްލައަށް ހަދާފައިވާ އާންމު އުޞޫލާ ވެސް މުޅިން ޚިލާފު ކަމެކެވެ. އެހެން ނަމަވެސް ޕީއެންސީ ސަރުކާރުގެ މެޖޯރިޓީ އޮތް ކައުންސިލަށް މިއީ މައްސަލައެއްގެ ގޮތުގައި ނުފެންނަކަމަށް އެރަށުން ވާހަކަދެއްވި މީހަކު މިނޫހަށް މަޢުލޫމާތު ދީފައި ވެއެވެ.

Advertisement

މިހާރު ވެސް ޚިޔާލުތަފާތުވުންތައް އުފެދި ރައްޔިތުން ބޮޑު ހާސްކަމެއްގައި އުޅެންޖެހިފައިވާ ކަމަށާއި، ރަށުގެ މުސްތަޤުބަލް އޮތް ގޮތެއް ނޭނގޭ ކަމަށާއި، އެކަން ބުނެދޭން އެނގޭ މީހަކުވެސް ނެތްކަމަށާއި، ނުވިތާކަށް މިފަދަ ބޮޑެތި ތުރާތައް ޖައްސާތީ، ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.