އިންޑިޔާގެ ކިޔަވާކުދިންގެ މުޒާހަރާ ކުރިއަށް، ވަޒީރު އިސްތިއުފާއެއް ނުދިން.

މިލައުތުރު | 25 ޖުލައި 2026 | ޚަބަރު

އިންޑިޔާގެ ކިޔަވާކުދިންނާއި ކުރަފި ޖަންތާ ޕާޓީ ގުޅިގެން ކުރިއަށް ގެންދާ މުޒާހަރާ ހުއްޓުމެއްނެތި އިތުރަށް ފުޅާވެއްޖެ އެވެ. ސަރުކާރާއެކު ކުރި މަޝްވަރާތަކުން އެމީހުންގެ ޑިމާންޑުތައް ހާސިލުނުވާތީ، މުޒާހަރާ ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

ޚަބަރުތައް ލިބޭ ގޮތުގައި ދިއްލީގެ އިތުރުން މުމްބާއީ އާއި އެހެން ސިޓީތަކުގައި ވެސް މުޒާހަރާތައް ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. އަދި މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އަދަދު ވަނީ ދެގުނަވެފައެވެ.

Advertisement

ކިޔަވާކުދިންގެ މުޒާހަރާއަށް ހިތްވަރު ދިނުމުގެ ގޮތުން ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން ވެސް ގެންދަނީ ޝުއޫރު ފާޅުކުރަމުންނެވެ. އަދި ބައެއް ތަރިން ސީދާ ހަރަކާތުން ވެސް ފެންނަމުން ދެއެވެ. މިއީ ޒުވާނުންނަށް ލިބެމުންދާ އިތުރު ހިތްވަރެކެވެ.

ޕޭޕަރު ލީކުވި މައްސަލައިގާ ތައުލީމާބެހޭ ވަޒީރު އިސްތިއުފާން ދޭން ޖެހޭ ކަމަށާއި، އެކަމާއި ގުޅިގެން އަމިއްލައަށް މަރުވި ކުދިންގެ އާއިލާތަކަށް ބަދަލު ދޭންޖެހޭނެ ކަމަށާއި، މުޒާހަރާގެ ތެރެއިން ކުދިންނަށް އަނިޔާކުރި ފުލުހުންނަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ގޮވާލުންތައް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.