ފިލްމީ ތަރި އާމިރާ އިސްމާޢީލް އަކީ މިހާރު ސީނިޔަރ ޕޮލިޓިކަލް ޑިރެކްޓަރެކެވެ. އާމިރާ އަކީ ވަރަށް ހުނަރުވެރި ފަންނާނެކެވެ. އެހެން ކަމުން ސިޔާސީ މައިދާނުގައި ވެސް އޭނާގެ ހުނަރުތައް ފެންނާނެ ކަމަށް ބެލެވެއެވެ.
ޑްރާމާތަކާއި ފިލްމުތަކުން ދުވެހިންގެ މެދުގައި މަޤްބޫލްވި އާމިރާ މިހާރު ވަޒީފާ އަދާކުރަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސީނިޔަރ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައެވެ. އޭނާ ފެންނަނީ އެ ވުޒާރާގެ މޫނުމަތީގެ ގޮތުގައެވެ. ޓީވީތަކަށް އެރުމާއި، އިންޓަވިއުތައް ދިނުމުގައި އާމިރާގެ ދައުރު ބޮޑެެވެ.
ބައެއް މީހުން އޭނާއަށް ވަރަށް ބޮޑަށް ތައުރީފު ކުރެއެވެ. އަދި އަނެއްބައި މީހުންގެ ފާޑުކިއުންތައް އަމާޒުވަނީ އޭނާގެ ތައުލީމީ ވަނަވަރު ނޭނގޭތީ އެވެ. އެހެން ނަމަވެސް އާމިރާ ހުރީ މި ސަރުކާރު ނެގެހެއްޓުމުގައި އަތުކުރި އޮޅާލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު