ކަމެއް ގޯސް ވެއްޖެނަމަ ކުރީ ސަރުކާރު، ރަނގަޅު ވެއްޖެނަމަ މަގޭ މޮޅުކަން.

މިލައުތުރު | 7 އޮގަސްޓު 2026 | ރިޕޯޓު

ރާއްޖޭގެ ސަރުކާރުތަކުން އަބަދުވެސް ބަހަނާއެއްގެ ގޮތުގައި ކުރީގެ ސަރުކާރުތައް ދައްކާ ވާހަކަތައް މިހާރަކަށް އައިސް ގިނަވާން ފަށައިފި އެވެ. އެއްވެސް ކަމެއް ގޯސް ވެއްޖެނަމަ އެއީ ކޮންމެވެސް ކުރީ ސަރުކާރެއްގެ މައްސަލައެވެ. އެއްވެސް ކަމެއް ކުޑަކޮށް ވެސް ރަނގަޅުވެލައިފިތަ، އެއީ މަގޭ މޮޅުކަމެވެ. މިއީ ރާއްޖޭގެ އަދުގެ ހާލަތެވެ.

މި ބަހުސްގެތެރެއަށް ކުރީގެ ވަޒީރުކަން ކުރައްވާފައިވާ އަދި ރައްޔިތުންގެ ނުހަނު ލޯތްބާއި އިޙްތިރާމް ލިބިފައިވާ ބައެއް ފަރާތްތައް ވެސް ވަދެއްޖެ އެވެ. ރައީސް އަލްޢުސްތާޛް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގެ ދުވަސްވަރުގައި ވަޒީރުކަން ކުރެއްވި ބޭފަކު ވިދާޅުވީ، މިހާރު އޮތީ އެމްޑީޕީގެ ސަރުކާރެއް ނޫންކަމަށާއި، އިދިކޮޅު އަޣުލަބިއްޔަތު އޮތް މަޖިލީހެއް ވެސް ނޫންކަމަށާއި، ކުރީސަރުކާރޭ ކިޔުމުގެ ބަދަލުގައި ޤައުމުގައި ހުރި މުހިންމު މައްސަލަތައްް ޙައްލުކުރަން އުޅުނިއްޔާ މާރަނގަޅުވާނެ ކަމަށެވެ.

Advertisement

މިއީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު މިހާރަކަށް އައިސް ދައްކާ ވާހަކައެކެވެ. އަމިއްލަ ވައުދުތައް ނުފުއްދުނީމާ ވެސް އެއީ ކުރީ ސަރުކާރުގެ ކަމެކެވެ. ކަމެއް ބޮއްސުންލީމާ ވެސް އެއީ ކުރީ ސަރުކާރުގެ ކަމެކެވެ. އެހެން ނަމަވެސް އެއްވެސް ކަމެއް ވެއްޖެތަ އެއީ މަގޭ މޮޅުކަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.