ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދިވެހިރާއްޖޭގައި ދަނޑުވެރިކަން ތަރައްޤީކޮށް ފައްކާކުރުމަށްޓަކައި އުފެއްދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، 100 އެއްހާ މުވައްޒަފުންނާއެކު ގެއްލި ޚަބަރެއް ނުވާތާ ދުވަސްތަކެއް ވެއްޖެ އެވެ.
މިސަރުކާރުގެ ކުރީކޮޅުގައި އެކުންފުނި އުވާލިކަމުގެ ޚަބަރުތަކެއް ފެތުރުނެެވެ. ދެން އިވުނީ އެނިންމުން ބަދަލުކޮށް އެގްރޯނެޓް ވެސް ގޮވައިގެން ކުރިއަށްދާން ނިންމިއެވެ. އޭގެ ފަހުން ދޮޅު އަހަރު ވެގެންދާއިރު، އެ ކުންފުނީގެ އެއްވެސް ޚަބަރެއް ނޫހެއްގައި ވެސް އަދި މީހުންގެ ތުންތުންމަތިން ވެސް ދައްކާއަޑެއް ނީވެއެވެ.
އެހެން ނަމަވެސް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ތަފާތު ޕްރޮގްރާމްތައް ހިންގަމުން ގެންދާ ޚަބަރުތައް އިވެއެވެ. އަދި ތަފާތު އެކު ލޯން ސްކީމްތަކާއި، ތަމްރީންތައް ހިންގާކަމުގެ މަޢުލޫމާތު ލިބެއެވެ. އެތައް ސަތޭކަ ދަނޑުވެރިންނާއެކު އެއްބަސްވުންތަކެއް ހަދާފައިވަނިކޮށް ކުންފުނި ގެއްލިއްްޖެ އެވެ.

ކިޔުންތެރިންގެ ހިޔާލު