ނިމިދިޔަ އެމްޑީޕީ ސަރުކާރުން ތ. ކަނޑޫދޫގެ ޞިއްޙީމަރުކަޒު ތަރައްޤީކުރުމުގެ ގޮތުން އިމާރާތްކުރަން ފަށާފައިހުރި އައު އިމާރާތް ފެނިއްޖެ މީހަކު ދެރަވާނެ އެވެ. ދައުލަތުގެ ފައިސާއިން އެހާ ބޮޑު ހޭދަކޮށްގެން އަޅަން ފަށާފައިހުރި ބޮޑު އިމާރާތެއް ހުރީ ވީރާނާވާން ދޫކޮށްލާފައެވެ.
އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ޝީޓް އެޅުމަށްޓަކައި ޖެހި ފިލާތައް ފީވެ، ކުދިކުދި ވެގެން ވަނީ ފައިބާފައެވެ. ދަބަރަށްވެފައިހުރި ދަގަނޑުތައް ނޫން އެއްޗެއް ހަރުލާފައެއް ނެތެވެ. ޔަޤީންކުރެވޭ ގޮތުގައި އެއިން އެއްވެސް އެއްޗެއް ދެނެއް ބޭނުމެއް ނުކުރެވޭނެ އެވެ. އެތައް ލައްކަ ރުފިޔާއެއްގެ ތަކެތި ވަނީ ވީރާނާވެފައެވެ.
ސަރުކާރު ބަދަލުވުމުން އެއްވެސް މަސައްކަތެއް ނުކޮށް މިފަދަ ތަންތަން ވީރާނާވާން ދޫކޮށްލުމީ ވަރަށް ބޮޑު އިހުމާލެއެވެ. މިއީ ހަމަ އެކަނި ތ. ކަނޑޫދޫގެ ރައްޔިތުންނަށް ވެސް ލިބޭ ގެއްލުމެއް ނޫނެވެ. މިއީ މުޅި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ލިބޭ ބޮޑު ގެއްލުމެކެވެ. މިއީ ޒިންމާވާންޖެހޭ ފަރާތްތަކާއި ދެކޮޅަށް ދައުވާވެސް ކުރަން ޖެހެއެވެ. މިއީ އިހުމާލުގެ ވެސް މުޅިން އެހެން ލެވެލްއެކެވެ.

ކިޔުންތެރިންގެ ހިޔާލު