ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ބިނާކުރަންފެށި ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ބޮޑު ބައެއް ނިމި، ޖަހަންޖެހޭ އެންމެ ފަހު ސެގްމެންޓް ވެސް ޖަހައި މާލެއާއި ވިލިމާލެ ގުޅުވާލައިފި އެވެ.
މި ބްރިޖަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި، 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެތެރޭގައި އެފްކޮންސްއާ ހަވާލުކޮށްގެން ފެށި މަސައްކަތެކެވެ. މި މަޝްރޫޢަށް އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައި ވެއެވެ. އެހެންނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ މަޝްރޫއު ވަނީ ވަރަށް ބޮޑަށް ދިގުލައިގެންގޮސްފައެވެ. މިހާރު މި މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށްދާން ވަނީ ފަށާފައެވެ.
ރާއްޖޭގައި އެޅޭ އެންމެ ދިގު ބްރިޖްގެ ސްޓްރަކްޗަރަލް މަސައްކަތްތައްް މިވަނީ ނިމުކާގާތަށް ގޮސްފައެވެ. އަދި ފިނިޝިންގެ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ފެށޭނެކަމަށް ކަމާގުޅުންހުރި ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު